ރޯދަހިފުމުގަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރޯދަހިފުމުގަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތައް-

އަހަރެމެން ކޮންމެ މީހަކުވެސް އެދޭނީ އެމީހަކަށް ދުނިޔެއާއި އާޚިރަތުގައި ވީހާގިނަ ނިޢްމަތްތަކެއް ދެއްވެވުމަށެވެ. އެންމެ ހެޔޮ މަރަކުން މަރުވުމަށެވެ. ﷲ ތައާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ މަރުނުވުމަށެވެ. އަދި ރަމަމާން މަހު ރޯދަހިފަނީވެސް ހަމައެބޭނުމުގައެވެ.

އެހެންކަމަށްވާއިރު އެކަންކަން ލިބުމަށް ތިމާ އަދާކުރަންޖެހޭ ބޮންޑާއިމެދު ވިސްނައިލަމުހެއްޔެވެ؟ ބޮންޑް ކަމަށް މިބުނަނީ ތިމާ ކުރަންޖެހޭނެ ކަންކަމެވެ. ތިމާގެ ކިބައިން ﷲ ތަޢާލާއަށް އަދާކުރަންޖެހޭނެ ޙައްޤުތަކެވެ. 

އެގޮތުން ފުރަތަމަ ކަމަކީވެސް ތިމާކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމެވެ. އެއިގެ ތެރެއިންވެސް ފުރަތަމަ ކަމަކީ ﷲ ތަޢާލާއަށް އެންމެ ފުރިހަމަގޮތުގައި ކިޔަމަންތެރިވުމެވެ. ކިޔަމަންތެރިވުމުގެ މާނަ ވަރަށް ފުޅަލެވެ. އަބަދުވެސް މިބުނާ ފަދައިން ކިޔަމަންތެރިވުން ފުރިހަމަވާނީ ދެކަމެއް ފުރިހަމަކޮށްގެންނެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމުގައި ދެބައެއް ހިމެނެއެވެ. އެއީ ކުރަން އަންގަވާފައިވާ ކަންކަން ކުރުމާއި ނުކުރަން އެންގެވި ކަންކަން ނުކޮށް ދުރުހެލިވުމެވެ. 

މިކަން މިހަނދާންކޮށްލައިދިނީ ރަމަޟާން މަހުގެ ރޯދަތައް ހިފަމުންދާއިރު، އަދި ތަރާވީޙް ނަމާދާއި ދަމުނަމާދުކުރަމުންވެސް ބައެއް ފާފަތައް ކުރެވޭ މީހުންނަށް އިތުރަށް ނަބޭޙަތްތެރިވުމުގެ ގޮތުންނެވެ. ތަޤްވާވެރިކަން އެއިގެ ފުރިހަމަ ގޮތުގައި ހޯދަން މަސައްކަތްކުރިކަމަށްވާނީ ކުރިން މިބަޔާންކުރިފަދައިން ދެބައިވެސް ފުރުހަމަކޮށްގެންނެވެ. އެއީ އަޅުކަންކުރުމާއި ފާފަ ނުކުރުމެވެ. 

އެންމެ ކުޑަމިނުން ދޮގެއް ނަމަވެސް ނުބުނާށެވެ. އެއީވެސް ހަމަ ބޮޑުފާފައެކެވެ. މީހަކަށް ވަޢުދެއް ވެއްޖެ ނަމަ އަވަހަށް ފުއްދާށެވެ. އެއީވެސް ހަމަ އަޅުކަމެކެވެ. 

ވީމާ ރޯދަހިފައި އަޅުކަންކުރަމުން ގެންދާއިރު ތަޤްވާވެރިކަން އިތުރުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ރޯދަމަސް ކާމިޔާބުކުރެވޭނީ އެއިރުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

  

މިއަދު އޮންލައިން