ބަލިވުމުން ޑޮކްޓަރަށް ދިއުމުގެ ކުރިން ﷲ އަށް ދުޢާކުރަންޖެހޭ ސަބަބާއި ދުޢާކުރަންވީ ޢިބާރާތް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބަލިވުމުން ޑޮކްޓަރަށް ދިއުމުގެ ކުރިން ﷲ އަށް ދުޢާކުރަންޖެހޭ ސަބަބާއި ދުޢާކުރަންވީ ޢިބާރާތް-: މުފްތީ މެންކް

ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ދުޢާކުރަން ބުނީމާ ބައެއް މީހުންގެ ހިތުގައި ސުވާލުއުފެދެއެވެ.  

ބުނެއެވެ. "ބަލިވީމާ ފުރަތަމަ ދާންޖެހޭނީ ޑޮކްޓަރަށް ނޫންހެއްޔެވެ؟ ޑޮކްޓަރަށް ނުގޮސްހުރެ ދުޢާކުރީމާ އެއްވެސް ބައްޔަކަށް ފަރުވާ ލިބޭނެހެއްޔެވެ؟" 

މިސުވާލުގެ ޖަވާބު މިރޭވެސް ތަކުރާރުކޮށްލާނަމެވެ. ބަލިވީމާ ޑޮކްޓަރަށް ދިއުމަކީ ކުރަންޖެހޭނެ ކަމެކެވެ. ޑޮކްޓަރުންނަށް ދައްކައި ބޭސްފަރުވާކުރަން އިސްލާމް ދީނުގައި ބާރުއަޅައެވެ. އެހެނަސް ފުރަތަމަ ކަމަކަށް އޮތީ ދުޢާކުރުމެވެ. މިފަދަ މޭރުމަކުން ދުޢާކުރާށެވެ!  

"ޔާ ﷲ! އިނބަ ﷲ އީ ބަލިތަކަށް ޝިފާދެއްވަވާ އޯގާތެރިވަންތަ ރަސްކަލާނގެއެވެ. މިއަޅާގެ މައްޗަށް އޯގާތެރިވެވޮޑިގެން މިއަލާގެ ބައްޔަށް ޝިފާ ދެއްވަވާނދޭވެ! މިއަޅާ ދައްކަން މިދާ ޑޮކްޓަރަށް މިއަޅާގެ ބަލި ދެނެގަތުމާއި މިއަޅާއަށް ޝިފާ ލިބޭނެ ބޭސް ދިނުމުގެ ކުޅަދާނަކަން ދެއްވަވާނދޭވެ! އާމީން."  

ޤަބޫލުކުރަންވީ ތިމާ ދައްކާ ޑޮކްޓަރަކީ ކިތަންމެ މޮޅު ޑޮކްޓަރެއް ނަމަވެސް އޭނާއަށް ބަލި އެނގޭނީވެސް ރަނގަޅު ބޭސްލިޔެދެވޭނީވެސް ﷲ ތަޢާލާ އެކަންކަމަށް ތައުފީޤް ދެއްވެވުމުންނެވެ. ވިސްނައިލާށެވެ. ވަރަށް މޮޅެތި ޑޮކްޓަރުންނަށް ވަރަށް އާދައިގެ ބަލިތަކުގައި ނުބައިބޭސް އެބަ ލިޔެދެވެއެވެ. މަދުންނަމަވެސް އެފަދަ ކަންކަމުގެ ސަބަބުން ދުނިޔެ ދޫކުރަންވެސް އެބަޖެހެއެވެ.  

މިފަދަ ނަޞޭޙަތް ގިނަގިނައިން ތަކުރާރުކުރަންޖެހެނީ ގިނަބައަކަށް މިމެސެޖް ފޯރާނީ ގިނަގިނައިން ހަނދާންކޮށްދިނުމުން ކަމުގައިވާތީއެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން