ޖުނުބްވެރިކަމަކީ ކޮބައިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޖުނުބްވެރިކަމަކީ ކޮބައިތޯ؟

ސުވާލަކީ ކިތަންމެ އާދައިގެ ސުވށާލެއް ނަމަވެސް ސުވާލުގެ ޖަވާބު ރަނގަޅަށް ނުއެނގޭ ބައަކު ތިބިކަން ފާހަގަކުރެވެއެވެ. އެގޮތުން ނިދީގައި މަނިބޭރުވެއްޖެނަމަ އެއީވެސް ޖުނުބުވެރިވުންކަން ނުއެނގޭ އެތައް ބައަކު އެބަތިބިކަންފާހަގަކުރެވެއެވެ. އެއިގެ ތެރޭގައި ޕީއެޗްޑީ ހޯލްޑަރުންވެސް ހިމެނެއެވެ. 

މިކަމުން އެނގެނީ މަތީ ތަޢްލީމުގެ މަންހަޖުގައި ހުރި މައްސަލަތަކެވެ. ކޮންމެއަކަސް ޖުނުބުވެރިވުމަކީ ކޮބައިކަމާއި ޖުނުބުވެރިވުމުން ހިނައި ޠޯހިރުވާން ޖެހޭނެކަން އެނގެން އެބްޖެހެއެވެ. ނޫންނަމަ އެމީހަކަށް ނަމާދުވެސް ނުކުރެވޭނެތީއެވެ. 

ޖުނުބްވެރިކަމަކީ ކޮބައިތޯ؟ 

ޖުނުބްވެރިކަމަކީ ކޮންމެ ގޮތަކުންނަމަވެސް މަނިބޭރުވުމެވެ. އަދި މަނި ބޭރުނުވިކަމުގައިވީ ނަމަވެސް ޖިމާޢުވެއްޖެ ނަމަ މީހާ ވާނީ ޖުނުބުވެރި އަކަށެވެ. އެހެންކަމުން ޖުނުބުވެރިކަމުން ޠާހިރުވުމަށް ހިނައިގަންނަންވާނެއެވެ.

واللهأعلم 

- އިތުރު ސުވާލެއް: 

އިސްލާމްދީނުގައި ބިކުރުވެރި އަންހެނަކާއި ކައިވެނިކުރުމަށްފަހު ޖެހިޖެހިގެން 7 ރޭވަންދެން ރޭކުރަން އަންގާފައިވޭތޯ؟ މިކަމުގެޙުކުމަކީކޮބާ؟ 

ބިކުރުވެރި އަންހެން ކުއްޖަކާ ކައިވެނި ކޮށްފިނަމަ، ހަތްދުވަސް ވަންދެން އޭނަ އާއި އެކުގައި ވީހާވެސް ގިނަވަގުތު ހޭދަ ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ޘައްޔިބެއްނަމަ ތިން ދުވަހެވެ. واللهأعلم 

- ޖަވާވު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން