ޙާލަތު ނިޔާކުރާގޮތުން ގޮނޑީގަ އިނދެގެން ނަމާދުކުރިނަމަވެސް ވީހާއަވަހަކަށް ގޮނޑިއާނުލާ ނަމާދުކުރަން މަސައްކަތްކުރަންވާނެ! މާކާމިޔާބުވެސް ވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޙާލަތު ނިޔާކުރާގޮތުން ގޮނޑީގަ އިނދެގެން ނަމާދުކުރިނަމަވެސް ވީހާއަވަހަކަށް ގޮނޑިއާނުލާ ނަމާދުކުރަން މަސައްކަތްކުރަންވާނެ! މާކާމިޔާބުވެސް ވާނެ! އިން ޝާ ﷲ

ޙާލަތު ނިޔާކުރާ ގޮތުން ގޮނޑީގައި އިނދެގެން ނަމާދުކުރަންޖެހިއްޖެނަމަ އެގޮތަށް ނަމާދުކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެހެންނަމަވެސް އެއީ ތިމާގެ މުޅި ޢުމުރަށް ކުރިމަތިވި ޙާލަތެއް ކަމަށް އެހާފަސޭހައިން ނުނިންމާށެވެ. އެކަން އެއީ ދެން އެހެން ގޮތެއް ނުފެނިއްޖެނަމަ އެންމެފަހުން ނިންމާ ނިންމުން ކަމުގައި ހަދަން ބާއްވާށެވެ.

އެކަމަށް ހިތްވަރުދިނުމުގެ ގޮތުން މިގެނެސްދެނީ ރަމަޟާން މަހާއެކު 3 އަހަރު ގޮނޑީގައި އިނދެ ނަމާދުކުރި 2 މީހަކަށް ސަޖިދަކޮށްގެން ނަމާދުކުރެވެން ފެށިގޮތުގެ ވާހަކައެކެވެ!

"އަޅުގަނޑަކީ ފާއިތުވި 3 އަހަރު ގޮނޑީގައި އިނދެ ނަމާދުކުރި މީހަކީމެވެ! އެއީ މައިބަދައިގައި މައްސަލައެއް ހުންނާތީ ސަޖިދަ ނުކުރެވޭތީއެވެ. އެކަން އަޅުގަނޑަށްވެފައިވަނީ ވަރަށް ހިތްދަތިކަމަކަށެވެ.

އެހެންކަމުން ގޮނޑީގައި އިނދެ ނަމާދުކުރާ އެކުވެރިއެއް ގާތު ބުނީމެވެ! "އެކުވެރިޔާއެވެ. އިރާދަކުރެއްވިއްޔާ ރަމަޟާން މަހު މި ގޮނޑި އެއްލައިލާނަމެވެ (ގޮނޑި އާއި ނުލައި ނަމާދުކުރަން ފަށާނަމެވެ."

އޭނާ ބުނީ "ކަލޭވެސް ގޮނޑި ދޫކޮށްލައިފިނަމަ އަހަރެންވެސް ދޫކޮށްލަން މަސައްކަތްކުރާނަމެވެ!"

ކޮންމެއަކަސް ވަރަށް ބިރުންހުރެ ރަމަޟާން މަހުގެ ފުރަތަމަ ނަމާދު، ވަރަށް ބިރުން ތިބެމެ އެރޭގެ މަޣްރިބް ނަމާދު މަޣްރިބް ނަމާދު އަހަރެމެން ދެމީހުން ވެސް ކުރީ ގޮނޑިއާއި ނުލައެވެ. މިއަދާއި މިރޭވެސް މިކުރީ ހަމަ ގޮނޑިއާއި ނުލައެވެ!

މައިބަދައިގައި އެހުރި މައްސަލައެއް ހުރިނަމަވެސް ގޮނޑިއާއި ނުލައި ނަމާދުކުރުމުގެ ހިތްވަރު މިހާރު މިވަނީ ލިބިފައެވެ.

މިއީ އެއްވެސް ޙާލެއްގައި އެންމެން ގާތު ގޮނޑިއާއި ނުލައި ނަމާދުކުރަން ބުނުމެއް ނޫނެވެ! އެމީހެއްގެ ޙާލު އެނގޭނީ އެމީހަކަށެވެ! އެންމެންގެ ޙާލަތުވެސް ތަފާތުވާނެއެވެ! މިކުރި ކަމަކީ ލިބުނު ބޮޑު އުފާ މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާކޮށްލުމެވެ!"

--މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން