އެންމެ ލޯބިވާ މީހާ ތިމާއަށްވުރެކުރިން މަރުވެއްޖެނަމަ ރޯންވީއެއް ނޫނެވެ! ދުވަހަކުވެސް ދެމީހުން ވަކިނުވާނެ ތަނުން ބައްދަލުކުރަން މަސައްކަތް އިތުރުކުރަންވީއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެންމެ ލޯބިވާ މީހާ ތިމާއަށްވުރެކުރިން މަރުވެއްޖެނަމަ ރޯންވީއެއް ނޫނެވެ! ދުވަހަކުވެސް ދެމީހުން ވަކިނުވާނެ ތަނުން ބައްދަލުކުރަން މަސައްކަތް އިތުރުކުރަންވީއެވެ!: މުފްތީ މެންކް

އަހަރެމެން ދުނިޔޭގައި ލައްވަވާފައިވަނީ ވަކިމުއްދަތަކަށެވެ. އެވަޤުތު ޖެހުމުން ކޮންމެ ތަނެއްގައި ހުރިނަމަވެސް އެމީހަކަށް ޖެހޭނީ މަރުވާށެވެ. ﷲ ތަޢާލާގެ ޙަޟްރަތަށްދާށެވެ. ފަޅި ސިކުންތަކަށްވެސް އެކަމުގައި ލަސްވުމެއްވެސް އަވަސްވުމެއްވެސް ނެތެވެ.  

އެއްބައެއްގެ ޢުމުރު ތަންކޮޅެއް ކުރުވާނެއެވެ. އަނެއް ބައެއްގެ ޢުމުރު ތަންކޮޅެއް ދިގުވާނެއެވެ. އެހެންވީމާ ބައެއް ޙާޅަތުގައި އަހަރެމެން އެންމެ ލޯބިވާ އެތައްބައަކު އަހަރެމެންނަށްވުރެ ކުރިން މަރުވާނެއެވެ. އެއިގެ ތެރޭގައި ތިމާ ނުހަނު ލޯބިވާ އަނބިމީހާ، ފިރިމީހާ، ދަރިން، މައިންބަފައިންވެސް ހިމެނިދާނެއެވެ.

އެއިން މީހަކު ނުވަތަ ތިމާ އެންމެ ލޯބިވާ މީހަކު ނިޔާވެއްޖެނަމަ ރޮއި ހިތާމަކުރަންވީއެއް ނޫނެވެ. އޭނާއާއި ދުވަހަކުވެސް ވަކިނުވާނެގޮތަށް ބައްދަލުކުރަން މަސައްކަތްކުރުން އިތުރުކުރަންވީއެވެ. އެކަމަށް ކުރަން އޮތް ކަމަކީ ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރުމެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ހުރިހާ ކަންކަންވެސް ކުރަން މަސައްކަތްކުރަންވީއެވެ.  

އެއިރުން އެމީހަކާއި ސުވަރުގެއިން ބައްދަލުވެވޭނެތެވެ. އިން ޝާ ﷲ. ސުވަރުގެއިން ބައްދަލުވެވުމުން ދެން ދެމީހުން ވަކިވާކަށް ނުޖެހޭނެތެވެ. މުޅި ޢާއިލާއަށް އެކުގައި ދާއިމަށް ތިބެވޭނެތެވެ.  

ދެން ވިސްނާލަން އޮތް ކަމަކީ މީހަކު ކިތަންމެ ގިނައިން އަޅުކަންކުރިނަމަވެސް އެހެން މީހަކު ސުވަރުގެ ނުވެއްދޭނެ ކަމެވެ. ސުވަރުގެވަދެވޭނީ އެމީހަކު އެކަމަށް އެދިގެން މަސައްކަތްކުރުމުންނެވެ. ވީމާ އެންމެންނަށްވެސް އޮތީ އެކަމަށް ފަރުވާކުޑަނުކޮށް ތިމާ ސުވަރުގެ އެދިގެން މަސައްކަތްކުރުމެވެ. ކުރިންވެސް މިބުނި ފަދައިން ސުވަރުގެއިން ބައްދަލުކުރެވޭނީ އެމީހަކަށް ސުވަރުގެ ވަދެވިގެންނެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން