ބައެއް ފަހަރު ދެމަފިރިންގެ މެދުގައި ހިތްހަމަނުޖެހުން އުފެދިގެން ދެކެވޭ ވާހަކަތަކުގައި ބުނެވޭ ބަސްތަކާއި ގުޅިގެން ވަރިވެއްޖެކަމަށް ކަނޑައަޅަންޖެހޭނީ އެކަން ޢިލްމުވެރިންގެ އަރިއަހުން ޔަޤީންކުރުމަށްފަހުގައެވެ. އެކަން ޔަޤީންނުކޮށް ކުރެވޭ ކަންކަމުގެ ސަބަބުން ކައިވެނިރޫޅޭތަންވެސް އައުދެއެވެ. ވީމާ މިއީ ދެމަފިރިންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.
ޞަރީޙަ ލަފްޡުން ވަރިކޮށްފީމޭ ނުބުނާހާ ހިނދަކު ފިރިމީހާގެ ނިޔަތަށް ބަލަންޖެހޭނެއެވެ. ސުވާލުގައިވާ ފަދައިން ވަރިކުރުމުގެ ނިޔަތެއް ނެތި ތިމަންނާވެސް އިނދެގެން އުޅޭކަށް ބޭނުމެއް ނުވެޔޭ ބުނުމަކުން ވަރިއެއް ނުވާނެއެވެ. واللهأعلم.
އިތުރު 2 ސުވާލު:
ފުރަތަމަ ތިބާގެ މައްޗަށް ފަރްޟުވެގެންވާ ޙައްޖު އަދާ ކުރާށެވެ. އޭގެ ފަހުން މަންމަ އާއި ބައްޕަ ޙައްޖަށް ފޮނުވާށެވެ. واللهأعلم.
ޓެސްޓިއުބް ބޭބީ ހެދުމަކީ ދީނުގަ ހުއްދަކަމެއްތޯ؟
ޝަރުޠު ތަކަކާއި އެކުގައި ޓެސްޓިއުބް ބޭބީ ބައެއް ޢިލްމުވެރިން ހުއްދަ ކުރައްވައެވެ. އެއީ:
1. އެނޫން އެހެން ގޮތެއް ނެތުން. ދެމަފިރިންގެ ޢުޛުރަކާ ހުރެ ނުވަތަ ކޮންމެވެސް އެކެއްގެ ޢުޛުރަކާ ހުރެ ދަރިޔަކު ނުލިބި އަހަރު ދެއަހަރު ލަސްވުމަކުން މިފަދަ ޙާލަތަކަށް ގޮސްގެން ނުވާނެއެވެ. ސަބަބަކީ މާތް ﷲ އެމީހުންގެ ބައްޔަށް ޝިފާ ދެއްވާ ޠަބީޢީ ގޮތުން ދަރިޔަކު ލިބުމުގެ ނަޞީބު އެދެމަފިރިންނަށް މެދުވެރި ކުރައްވަފާނެތީވެއެވެ.
2. އަންހެން ޑޮކްޓަރަކު ހުރި ހިނދެއްގައި ފިރިހެން ޑޮކްޓަރަކަށް ޢައުރަ ނުދެއްކުން.
3. ފިރިމީހާގެ މަނި ބޭރުކުރުމުގައި އަމިއްލައަށް އެކަން ނުކުރުން. މީގެ ބަދަލުގައި އަނބިމީހާގެ އެހީ ހޯދައިގެން އެކަން ކުރުން.
4. ފިރިމީހާގެ މަންޔާއި އަނބިމީހާގެ ބިސް ރައްކާތެރިކަމާއި އެކުގައި ގެންގުޅެވޭނެފަދަ ނިޘާމެއް އެކުލެވިފައިވުން. އަދި އެހެންމީހެއްގެ މަންޔާއި ނުވަތަ ބިހާއި އެއްވެ އޮޅޭފަދަ ގޮތެއް މެދުވެރި ނުވުން.
5. މަންޔަކީ ފިރިމީހާގެ މަނި ކަމުގައިވުން. އަދި ބިހަކީ އަނބިމީހާގެ ބިސްކަމުގައިވުން. އަދި އެ އަށަގެންނެވެނީ އަނބިމީހާގެ ރަޙިމް ގައި ކަމުގައި ވުން.
6. މިކަން ކާމިޔާބުވާނެ ކަމުގެ ޔަގީން ކަން ޑޮކްޓަރުންނަށް ލިބިފައިވުން. واللهأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް