ލިބޭ ގެއްލުން މިމަގުން ވަޒަންކޮށްލައިފިނަމަ ޝުކުރުވެރި ވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ލިބޭ ގެއްލުން މިމަގުން ވަޒަންކޮށްލައިފިނަމަ ޝުކުރުވެރި ވެވޭނެ! އިން ޝާ ﷲ

އެއްފައި ބިނދުނީއެވެ؟ 2 ފައި ބިނދުނުނަމަ ޙާލަތަކީ ކޮބައިހެއްޔެވެ؟ ދަރިއަކު މަރުވީއެވެ؟ ތިބި 2 ދަރިން އެއްފަހަރާ މަރުވިނަމަ ޙާލަތަކީ ކޮބައިހެއްޔެވެ؟ އެކްސިޑެންޓްވެ ކާރުހަލާކުވީއެވެ. ތިބާގެ ގައިގައި ކޫރުމެއްވެސް ނުއެޅެއެވެ. ހަމަ އެފަދަ އެކްސިޑެންޓްވެފައި ޗިސްޗިސްވަނީ ކިތައް މީހުންހެއްޔެވެ؟ 

ކައިވެނި ރޫޅުނީއެވެ! އެކަނިވެރިވީއެވެ! 2 ވަނަ ބައިވެރިއަކު ހޯދައިގެން ކައިވެނިކުރުމުގެ ކުޅަދާނަކަން ދެއްވަވާފައިނުވަނީހެއްޔެވެ؟ ބައްޔެއް ނުވަތަ އެނޫންވެސް ސަބަބެއް ކުރިމަތިވެގެން ދެވަނަ ކައިވެނި ކުރެވެން ނެތީ ކިތައް މީހުންނަށް ހެއްޔެވެ؟ 

މީސްތަކުންނޭވެ! ދެރަވެ ހިތާމަކުރަންޖެހޭ ޙާލަތުތަކުގައި މިނޫން ގޮތަކަށް ވިސްނާ މީހަކަށް ދުވަހަކުވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ! ކަންބޮޑުވެވެނީ ކުރިމަތިވާ ކަމަކުން އެވަޤުތު ލިބޭ ވަޤުތީ ގެއްލުމާއިމެދު ވިސްނޭތީއެވެ. ﷲ ތައާލާ ލައްވަވާ ރަޙްމަތްތަކާއިމެދު މިބަޔާންކުރި މޭރުމުން ވިސްނާ މީހަކަށް ނޫނީ ﷲ ތައާލާ ލައްވަވާ ރަޙްމަތްފުޅުތައް ދެނެގަނެ ޝުކުރުވެރިއެއް ނުވެވޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން