މިއީ ގޭގޭގަ އަމިއްލައަށްވެސް ކީރިތި ޤްރްއާން ކިޔެވުމުގެ މުބާރާތްތައް ބާއްވާ މައްސަރު ކަމަށްހަދަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
މިއީ ގޭގޭގަ އަމިއްލައަށްވެސް ކީރިތި ޤްރްއާން ކިޔެވުމުގެ މުބާރާތްތައް ބާއްވާ މައްސަރު ކަމަށްހަދަމާ!

ރަނގަޅަށް ރާވާލައިފިނަމަ ރަމަމާން މަހުގެ ފައިދާ އިތުރުކުރަން ކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެގޮތުން ކީރިތި ޤުރްއާން ކިޔެވުމާއި ހިތުދަސްކުރުމުގެ މުބާރާތްތައްވެސް ބޭއްވިދާނެއެވެ! ބަލައިގެން ކިޔެވުމާއި ހިތުދަސްކުރުމުގެ ގޮފި ވަކިންވެސް ކުރިއަށް ގެންދެވިދާނެއެވެ. 

ރަނގަޅީވެސް ދެބައި ވަކިން ކުރިއަށް ގެންދިއުމެވެ. ސަބަބަކީ ކުދިންގެ ތޫނުފިލިކަން ތަފާތުވާނެއެވެ. މިޘާލަކަށް ތަޖުވީދުމަގުން ވަރަށް ރިވެތިކޮށް ކިޔެވޭ ކުއްޖަކަށް ހިތުދަސްކުރަން އުނދަގޫވެދާނެއެވެ. ފަސޭހައިން ހިތުދަސްކުރެވޭ ކުއްޖަކަށް ބަލައިގެން ރިވެތިކޮށް ނުކިޔެވިދާނެއެވެ. ވަކިން ބޭއްވީމާ 2 ކުދިންނަސްވެސް އިނާމު ލިބޭނެއެވެ. 

އަދި އެ މުބާރާތަކީ ބައިވެރިވާ ހުރިހާ ދަރިންނަށްވެސް އިނާމުލިބޭ އަދި އެންމެ ބޮޑަށް ކާމިޔާބުކުރާ 2 ކުދިންނަށް އެންމެ ބޮޑު އިނާމުލިބޭ މުބާރާތަކަށްވެއްޖެނަމަ ހުރިހާކުދިންވެސް އުފާކުރާނެއެވެ.  

ރަމަޟާން މަހަކީ އަޅުކަމާއި ކީރިތި ޤުރްއާނުގެ މައްސަރެވެ. ނަމަވެސް ބައެއް ގޭގެއިން ފެންނަނީ ކުޅިވަރާއި މަޖާކުރުމަށް ސަމާލުކަންދީގެން ކަންކަން ކުރެވޭތަނެވެ. އެއިރުން ޢަމަލުތައް އެކުރެވެނީ ރަމަޟާން މަހުގެ ރޫޙާއި ޚިލާފަށެވެ. 

މިކަން ފާހަގަކުރައްވައި ޝައިޚް މުޙައްމަދު މަންޞޫރު ވިދާޅުވެފައިވެއެވެ. 

ރަމަޟާން މަހު ޢާއިލާގެ މެދުގައި ގޭގޭގައިވެސް ބާއްވަންވީ ކީރިތި ޤްރްއާން ކިޔެވުމުގެ މުބާރާތްތަކެވެ. މާނައަކީ ޢާއިލާގެ ތެރޭގައި ވާދަވެރިކަން ބާއްވަންވީ ކީރިތި ޤްރުއާން ކިޔެވުމުގައި  ކުރިއަރައި ދިއުމަށެވެ. ހިތްވަރުދީ އެކަކު އަނެކަކަށް އެހީތެރިވާންވީ އެކަމުގައެވެ.

މިއީ ކީރިތި ޤްރުއާނުގެ މައްސަރެވެ. އެހެންކަމުން އެންމެންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ ކީރިތި ޤްރުއާނަށެވެ. ކިރިތި ޤްރްއާނުގެ ތިންބައިކުޅަ އެއްބައިގައި ވަނީ ކުރީ ޒަމާނުގައި ހިނގައި ދިއަ ކަންކަމުގެ ތަފާތު ވާހަކަތަކެވެ. އެވާހަކަތައް ދަސްކުރަން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ. ރަމަޟާން މަހުގެ ޙަޤީޤީ ފައިދާ ކުރާނީ އެއިރުންނެވެ. 

ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ ކީރިތި ޤްރްއާނުން މިހާރު އެނގޭ މިންވަރަށްވުރެ ބޮޑަށް އުނގެނުމަށެވެ. ވީހައި ގިނައިން ކިޔެވުމަށެވެ. ހިތުދަސްކުރުމަށެވެ. ކީރިތި ޤްރުއާން ހިތު ދަސްކުރެވުމުން ދެން މަސައްކަތް ކުރަންވީ މާނަ ދަސްކޮށް އާޔަތްތްކުގައި ބުނަނީ ކޮން ވާހަކަތަކެއްކަން އުނގެނުމަށެވެ. ތަފްސީރު ޢިލްމުވެސް އުނގެނެންވީއެވެ. 

ކީރިތި ޤްރުއާނުގެ ޢިލްމް ޙާޞިލުކުރުމަކީ ޙާޞިލުކޮށް ދުވަހަކުވެސް ނިމެން އޮތް ކަމެއް ނޫނެވެ. އެކަމުގައި ކުރިއަށް ދިއަ ވަރަކަށް ދާނީ އިތުރު ކަންތައްތައް އެނގެމުންނެވެ. ވީހައި ބޮޑަކަށް މަސައްކަތް ކުރަންވީ ކީރިތި ޤްރްއާނުގެ ޢިލްމު އުނގެނުމަށެވެ. 

 

ޝައިޚް މުޙައްމަދު މަންޞޫރު ގެ ދަރުސަކުން

 

 

މިއަދު އޮންލައިން