ޝައިޚް އިމްރާން މިރޭ ދެއްވާ ދަރުސްގަ މިސަރުކާރުން ރާއްޖެއިން އިސްލާމް ދީން ނައްތާލަން ކުރަމުން ގެންދާ މަސައްކަތްތަކުގެ ވާހަކަ ދައްކަވާނެބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ޝައިޚް އިމްރާން މިރޭ ދެއްވާ ދަރުސްގަ މިސަރުކާރުން ރާއްޖެއިން އިސްލާމް ދީން ނައްތާލަން ކުރަމުން ގެންދާ މަސައްކަތްތަކުގެ ވާހަކަ ދައްކަވާނެބާ؟

ޝައިޚް އިމްރާން ޢަބްދުﷲ ކިޔާ ބޭފުޅަކަށް ހޯމް މިނިސްޓަރުކަން ލިބިވަޑައިގަތުމުން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ވަފުދެއް އެމަނިކުފާނާއި ބައްދަލުކުރިއެވެ. ކަންބޮޑުވުން ފައުޅު ކުރެއްވި އެއްކަމަކީ ލޯކަލް ޓޫރިޒަމްގެ ނަމުގައި މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިން ނިވާކަން ކުޑަކޮށް ޢާންމުންގެ ތެރެއަށް ނުކުމެ އުޅޭކަމެވެ. 

ހޯމް މިނިސްޓަރު ކަމުގެ އިތުރުން ލޯކަލްކައުންސިލްތަކުގެ ބެލެނިވެރިޔާ އެލްޖީއޭގެ ވެސް ވެރިޔާ ޝައިޚް އިމްރާން ދެއްވީ އެ މައްސަލަ ޙައްލުކުރައްވާނެ ކަމުގެ އުފާވެރި ޚަބަރެވެ. 5 އަހަރު ނިމެންދާއިރު ނަތީޖާއަކީ ކުރިއަށްވުރެ 1000 ގިނަ ނުބައިކަން ބޮޑުވުމެވެ. އަދި އެއިރު އެކަންކަން ކުރަމުން އައީ ގެސްޓްހައުސްތަކުން ކަމަށްވެފައި މިހާރު ކޮންމެ ގެއަކީ ގެސްޓް ހައުސަކަށް ހަދައި ކޮޓަރިއެއް ނެތްނަމަ ކުނާ އަޅައިގެންވެސް ނިވާކަންކުޑަކޮށް ތިބޭ މީހުން ގެންގުޅެވޭނެ މަގު ވަނީ ސަރުކާރުން ފަހިކޮށްދީފައެވެ. 

ސަރުކާރުން ކުރިކަމަކީ ވަރަށް ދީލަތިކަމާއިއެކު ކޮންމެ ގެއަކީ ބީޗަކަށް ބަދަލުކޮށްލައިދިނީއެވެ. ނިކަމެތި ރައްޔިތުން މާދިއްޔަތަށް ހައްލުވައި ދީނާއި ދުރުކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށް ގެންދިއުމެވެ. 

އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ކަނޑައެޅިގެން ނައްތާލަން ހިންގަމުންދާ ބޮޑެތި ޖަރީމާތަކުގެ ތެރެއިން މިއަދަކީ ޢަރަބިއްޔާގައި ތިބި މޫނު ބުރުގާ އަޅާދެތިން ދަރިވަރުންނަށް ބިރުދައްކަމުންގޮސް މޫނުބުރުގާއަޅާ 5 މުދައްރިސުން "ގަންހިންގަން" އަމުރުނެރުނު ދުވަހެވެ. 

ޢަދާލަތު ޕާޓީން ކޮންމެ އިންތިޚާބެއްގައި ރައީސަށް ތާއީދުކުރަނީ، އެމްޑީޕީއަށް ކޮމަންޑޫ ދާއިރާހޯދައިދޭން މަސައްކަތްކުރީވެސް އަދާކަތުން އެދޭ ކަންކަން ރައީސްކޮށްދެއްވަވާތީކަމަށް އެޕާޓީގެ އިސްބޭފުޅުން ވިދާޅުވެއެވެ. އެހެންވެ އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ ހިންގަން އަދާލަތުޕާޓީއަށްދީ އަދި އެޕާޓީން އެދޭހައި ކަންކަން ރައީސް ކޮށްދެއްވާއިރު ރާއްޖޭގައި އިސްލާމް ދީން ނެތިކޮށްލަން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި އަދާލަތު ޕާޓީއާއި ހުރި ގުޅުމާއި މެދު ސުވާލު އުފެދޭކަން ގިނަ ބައަކު ފާހަގަކުރެއެވެ.  

ފާހަގަކުރަންޖެހޭ މިފަދަ މައްސަލަތައް ބައިވަރެވެ. ވީމާ ގިނަބއަކު ތިބީ ރައްޔިތުންގެ މެދުގައި ހުރި މިފަދަ ކަންބޮޑުވުންތަކަށް ޝައިޚް އިމްރާން މިރޭ ދެއްވާނެ ޖަވާބެއްގެ އިންތިޒާރުގައެވެ. 

 

މިއަދު އޮންލައިން