ދުވަހުގެ ހެޔޮބަސް: ރޯދަ ހިފުމުން އެމީހާގެ ކަންކަން ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެން ދިއުމުގަ މިނެއް ނެތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ދުވަހުގެ ހެޔޮބަސް: ރޯދަ ހިފުމުން އެމީހާގެ ކަންކަން ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެން ދިއުމުގަ މިނެއް ނެތެވެ!

ރޯދަވެރިޔާގެ އަނގައިން ނުކުންނަ ވަހަކީ މީސްތަކުންނަށް މީރުވަހެއް ނޫނެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެއީ ގޮމަކަސްތޫރީގެ ވަހަށްވުރެވެސް ލޮބުވެތިކަންބޮޑުވަހެކެވެ. 

ނުކައި ހުރުމުން އަނގައިން ނުކުންނަ ވަސް ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިކޮށް ޙައްޤު ދަރަޖަ ހޯދަން ބޭނުންވާ މީހާ ނުކައި ހުރުމާއިއެކު ބަހާއި ޢަމަލުން ރޯދަހިފާށެވެ! ދުލުން ހެޔޮބަސްބުނެ، ޛިކުރުކުރުން ގިނަކުރާށެވެ! ޚާއްޞަކޮށް ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ފަރުޟުތަކަށް ރައްކައުތެރިވުމާއިއެކު ސުންނަތް އަޅުކަންކުރުމުގައި ކުރިއަރައިދާށެވެ!

ރޯދަ ފިޔަވައި އެހެން ޢަމަލުތަކަށް ދެއްވަވާނެ ޖަޒާވަނީ ލިޔުއްވިގެންނެވެ. ރޯދައަށް ޖަޒާދެއްވެވުން ޚާއްޞަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ! 

- އަލަފް

މިއަދު އޮންލައިން