އުފަންވެލި ޝޮޕްތަކުން ގިނަ ބާވަތްތަކެއްގެ އަގު ހެޔޮކޮށްފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އުފަންވެލި ޝޮޕްތަކުން ގިނަ ބާވަތްތަކެއްގެ އަގު ހެޔޮކޮށްފި!

ރަމަޟާން މަހަށް ޚާއްޞަކޮށްގެން ތަފާތު ގިނަބާވަތްތަކުގެ ކާބޯތަކެތި ހެޔޮއަގުގައި ވިއްކަމުން ގެންދާ އުފަންވެލި ޝޮޕްތަކުން ވަރަށް ގިނަ ބާވަތްތަކެއް އަނެއްކާވެސް އަގުހެޔޮކޮށްފިއެވެ. 

ލުނބޯ ކިލޯއެއް 55 ރުފިޔާއަށް ވިއްކާއިއރު ކެރެޓްކިލޯއެއް ވިއްކަނީ އެންމެ 30 ރުފިޔާއަށެވެ. ފިޔާ ބަސްތާއެއް 170 ރުފިޔާއަށް ވިއްކާއިރު ކުކުޅިބިސް ކޭސް ވިއްކަނީ 290 ރުފިޔާއަށެވެ. ޕާކިސްތާނުގެ ފެންވަރު ރަނގަޅު އަލުވި ކިލޯއެއް އެންމެ 10 ރުފިޔާއަށެވެ.

މިބާވަތްތަކުގެ އިތުރުން ތަފާތު ބާވަތްތަކުގެ މޭވާ އާއި ތަފާތު ގިނަ ބާވަތްތަކުގެ ތަރުކާރީވެސް ގެންދަނީ ހެޔޮއަގުގައި ވިއްކަމުންނެވެ. ކުކުޅާއި ކުކުޅުގެ ބައިތަކުގެ އިތުރުން ގެރިމަހާއި ބަކަރިމަހާއި އެނޫންވެސް ތަފާތު ބާވަތްތައް ގެންދަނީ ހެޔޮއަގުގައި ވިއްކަމުންނެވެ. 

އަލަށް ލިބުނު ކުކުޅުގެ ބައިތަކުގެ ތެރޭގައި 10،12 ފައި ޑްރަމްސްޓިކް ވެސް ހިމެނެއެވެ. އަދި ހޯލް ލެގް، ތައި، ބޯންލަސް މިހެންގޮސް ހުރިހާ ބާވަތްތަކެއްވެސް އުފަންވެލި ޝޮޕަތްކުން ގެންދަނީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ވަރަށް ހެޔޮ އަގުގައި ވިއްކަމުންނެވެ.

މިއަދު އޮންލައިން