ތިބާއަކީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވާފައިވާ އަޅަކަށްވެދާނެއެވެ. ދިރިއުޅޭނެ ގެދޮރާއި ރަނގަޅު މުސާރައެއް ލިބޭ މީހަކަށްވެސް ވެދާނެއެވެ. އެހެނަސް ތިމާއަކީ ދިރިއުޅުމުގެ މައްސަލަތަކުން ސަލާމްތަވެވިގެން ހުރެވޭނެ މީހެއް ކަމަށް ނުދެކޭށެވެ. އެހެނީ ކޮންމެ އަޅަކީވެސް ﷲ ތަޢާލާ އިމްތިޙާން ކުރައްވަވާނެ އަޅެކެވެ. އެމީހަކު ދެކެ ލޯބިވެވޮޑިގަތުން ބޮޑުވާވަރަކަށް ކުރިމަތކުރައްވަވާ އިމްތިޙާންތައްވެސް ބޮޑުވާނެއެވެ.
އެއީ ތިބާ އަޅުކަންކުރުން އިތުރުކޮށް ސުވަރުގޭގެ މަތިވެރި ދަރަޖަ ހޯދަން މަސައްކަތްކުރުމަށް ފުރުޞަތު ދެއްވެވުމަށެވެ. ހުރިހާ ނިޢްމަތްތަކެއް ކިބި، އެއްވެސް ދަތިކަމެއް ކުރިމަތިނުވެ ހުންނަނަމަ ﷲ ތަޢާލާގެ މަތިން ހަދުމަކުރާވަރަށްވުރެ ގިނައިން ދަތިހާލެއްގައި ޖެހުމުން ﷲ ތަޢާލާގެމަތިން ހަނދުމަކުރުން ގިނަވާނެތީއެވެ. ހެޔޮ ޢަމަލުތައް ކުރުންގިނަކުރާނެތީއެވެ. ދުޢާކުރުންވެސް ގިނަކުރާނެތީއެވެ.
ތަނަވަސްކަމުގައި އުޅެމުން އަންނަ މީހަކަށް ނަމަވެސް އަދި ދަތިޙާލެއްގައި އުޅެމުން އަންނަ މީހަކަށް ނަމަވެސް ދަތިޙާލަތެއް ކުރިމަތިވެއްޖެނަމަ އުފާވެރިކަން ހޯދޭނެ މަގު އޮތީ ފެންނާށެވެ. ފުރަތަމަ ކަމަކަށް ތިމާ މިދުނިޔެއަށް ފޮނުއްވެވުނީ ކުޑަ ހިނދުކޮޅަކަށް ކަމާއި ދާދި އަވަހަށް ދުނިޔެދޫކޮށް ދާންޖެހޭނެކަން ހިތްމައްޗަށް ގެންނާށެވެ.
އެކަންކަން ހިތްމައްޗަށް ގެނައުމުން ދުނިޔެއިން އެއްވެސް ކަމެއް ޙާޞިލްނުކުރެވިގެން ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އަދި ދުނިޔެއިން މާގިނަ ކަންތައްތަކަކަށް ބޭނުމެއްވެސް ނުވާނެއެވެ. ކިރިޔާ ފުދިގެން ދުނިޔޭގައި އުޅެންޖެހުނަސް އެމީހަކު ހުންނާނީ ހަމައުފަލުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން