ގުރްއާނުގައި ޛިކުރު ކުރެވިފައިވާ ފޮތްތަކަކީ:
1. ދާވޫދު ޢަލައިހިއްސަލާމްގެ މައްޗަށް ބާވާލެއްވުނު ޒަބޫރު
2. އިބްރާހީމް ޢަލައިހިއްސަލާމްގެ މައްޗަށް ބާވާލެއްވުނު ޞުޙުފް
3. މޫސާ ޢަލައިހިއްސަލާމްގެ މައްޗަށް ބާވާލެއްވުނު ތައުރާތު
4. ޢީސާ ޢަލައިހިއްސަލާމްގެ މައްޗަށް ބާވާލެއްވުނު އިންޖީލު
5. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާވާލެއްވުނު ގުރްއާން. والله أعل
އިތުރު 2 ސުވާލު:
ރަސޫލުބޭކަލުންނަކީ ކޮބާ؟:
ރަސޫލު ބޭކަލުންނަކީ ފިރިހެނުންގެ ތެރެއިން އެބައެއްގެ މައްޗަށް ވަޙީ ބާވާލައްވާ، ﷲ ގެ ރިސާލަތު މީސްތަކުންނަށް ފޯރުކޮށްދެއްވެވުމަށް ޙަވާލު ކުރެވިފައިވާ ފަރާތްތަކެވެ. والله أعلم.
ވިޔަފާރީގަ ފައިދާލެވޭނީ ކިހާވަރަކަށް؟
ވިޔަފާރީގެ މުދަލުގައި އަގު ކަނޑައެޅުމަކީ ވިއްކާ ފަރާތުގެ މިނިވަން ކަމުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. މިވެނި ވަރަކަށް ނޫނީ ފައިދާ ލައިގެން ނުވާނެޔޭ ނުބުނެވޭނެއެވެ. އެހެންނަމަވެސް އެދެވިގެންވަނީ މުސްލިމުންނަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް އޭނާގެ ވިޔަފާރި ބައްޓަން ކުރުމެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް