ތުއްތު ކުދިން ފާޚާނާގަ ފެންވެރުވުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ތުއްތު ކުދިން ފާޚާނާގަ ފެންވެރުވުން-

ތުއްތުކުދިން ފާޚާނާގައި ފެންވަރުވަން ބައެއް ބެލެނިވެރިން ޖެހިލުންވެއެވެ. ސަބަބަކީ ފާޚާނައަކީ ޝައިޠޯނުން ހާލިހަދައިގެން ތިބޭތަނަކަށްވާތީއެވެ. ޚާއްޞަކޮށް ދެނަމާދުދޭތެރޭގައި ކުދިން ފާޚާނާއަށް ވައްދަން ބައެއް ބެލެނިވެރިން ބިރުގަނެއެވެ. 

"ކުޑަކުދިން ފާޚަނާގައި ފެންވެރުވުމަކީ މައްސަލައެއް ނޫނެވެ. ފާޚަނާ ހުންނަނީ ރާނާ ހިޔާކޮށްފައި ކަމަށްވަނީނަމަ، ދެނަމާދު ދޭތެރޭގައި ވެސް ފާޚަނާއަށް ކުޑަކުދިން ވެއްދުމަކީ މައްސަލައެއް ނޫނެވެ. ކޮންމެ ވަގުތެއްގައި ފާޚަނާ އަށް ވަން ނަމަވެސް ދުޢާ ކިޔުމަކީ ސުންނަތެކެވެ. واللهأعلم."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މިބަސްފުޅުން އެނގިގެންދަނީ ކުދިން ފާޚާނާގައި ފެންވެރުވުމަކީ ނުވަތަ ފާޚާނާއަށް ވެއްދުމަކީ މައްސަލައެއް ނޫންކަމެވެ. މުހިންމީ ފާޚާނާއަށް ވަންނަމުން ކިޔަންޖެހޭ ދުޢާއާއި ނުކުންނަމުން ކިޔަންޖެހޭ ދުޢާކިޔުން ކަމެވެ. 

އިތުރު 2 ސުވާލު: 

ގުރުއާނުގެ އެއްވެސް ލިޔެކިޔުމެއް ފާހާނާގައި ބެހެއްޓިދޭނެތަ؟ މިސާލަކަށް ހެދުންލާއިރު ކިޔާދުޢާ؟ 

ހެދުންލާއިރު ކިޔާ ދުޢާ އަކީ ގުރްއާނުގެ އާޔަތެއް ނޫނެވެ. ފާޚަނާގައި ގުރްއާނުގެ އާޔަތްތައް ތަތްކޮށްފައި ބެހެއްޓުމަކީ އެޔަށް އިހާނާތް ތެރިކޮށް ހިތުމުގެ ތެރޭގައި ހިމެނޭނެ ކަމަކަށްވާތީ މިފަދަ ކަންތަކުން ދުރުހެލިވާންވާނެއެވެ. واللهأعلم. 

ރިބާގެމުޢާމަލާތްކުރެވޭ ތަނެއްގައި އާމްދަނީ ހޯދުމުގެގޮތުން ނަމަވެސްމަސައްކަތްކުރުމަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ؟     

ރިބާގެ މުޢާމަލާތު ކުރާތަނެއްގައި މަސައްކަތް ކުރަނީނަމަ، ތިމާ އެފަދަ މުޢާމަލާތެއްގައި ބައިވެރިނުވާނަމަ މައްސަލަ އެއް ނެތެވެ. އެހެންނަމަވެސް ބޮޑަށް ރަގަޅީ އެނޫން އެހެން ވަޡީފާ އެއް ހޯދުމެވެ.واللهأعلم.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން