މުޞީބާތްތަކުގެ ތެރެއިން އެންމެ ބޮޑު މުޞީބާތަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
މުޞީބާތްތަކުގެ ތެރެއިން އެންމެ ބޮޑު މުޞީބާތަކީ ކޮބާ؟

ކޮންމެ ކަމެއްގައިވެސް އެކި މީހުން ވިސްނާނީ އެކި ގޮތަށެވެ. ވިސްނޭނީވެސް އެކިގޮތަށެވެ. އެހެނީ ކޮންމެ މީހަކުވެސް ބުރަވާނީ އެމީހަކަށް ކަންކަން އެނގިފައި އޮންނަގޮތަކަށެވެ.

އެހެންވެ ގިނަފަހަރަށް މުޞީބާތް ކަމުގައި ބެލެވެނީ ބަލިވުން، ފަޤީރުވުން ނުވަތަ ކޮންމެވެސް ތަކްލީފެއް އުފުލަންޖެހުމުންނެވެ. ނަމަވެސް އަހުރެން ވިސްނުމުން މިފަދަ ހުރިހާ ކަންކަމަށްވުރެ މާބޮޑު މުޞީބާތެއް އެބަވެއެވެ.

އަހުރެން ޤަބޫލުކުރާ ގޮތުގައި ހިތްދަތިކަން މެދުވެރިވުމަށްވުރެ ބޮޑު މުޞީބާތަކީ ހިތްދަތިކަން މެދުވެރިވުމުން ކީރިތި ޤުރްއާނާއި ދިމާއަށް ލެނބެން ނުއެނގުމެވެ. ފާފަފުއްސަވައި ދެއްވެވުން އެދި ދުޢާކުރަން ނުއެނގުމެވެ. މާފަށް އެދެންޖެހޭ މީހުންގެ ކިބައިން މާފަށް އެދެން ނުއެނގުމެވެ! މީސްތަކުންގެ ޙައްޤުތައް އަދާކުރަން ނުއެނގުމެވެ. ވީމާ ކޮންމެ މީހަކުވެސް ސަލާމަތްވާން މަސައްކަތްކުރަންވީ މިފަދަ މުޞީބާތްތަކުންނެވެ!

އެހެނީ މުޞީބާތްތަކުން ސަލާމަތްވެވެން އޮތް މަގުން ހިނގަން ނުއެނގޭނަމަ ސަލާމަތްވެވޭނީ ކިހިނަކުންހެއްޔެވެ؟ ދާނީ އިތުރަށް ބަނދެވި ތާށިވަމުން ނޫންހެއްޔެވެ؟ ވީމާ މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ ފުރތަމަކަމަކަށް މިބުނި ކަންކަން ކުރަން ފަސްޖެހުމުގެ މުޞީބާތުން އަވަހަށް ސަލާމަތްވާށެވެ! ހިތްދަތިކަން މެދުވެރިވުމުން ކީރިތި ޤުރްއާނާއި ދިމާއަށް ލެނބުން އަވަސްކުރާށެވެ! ފާފަފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! މާފަށް އެދެންޖެހޭ މީހުންގެ ކިބައިން މާފަށް އެދެން އެދުމަށާއި މީސްތަކުންގެ ޙައްޤުތައް އަދާކުރަން އަވަސްވެގަންނާށެވެ! އިސާހިތަކު ކަންކަން ޙައްލުވެގެންދާނެއެވެ އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން