ކޮންމެ ދުވަހަކީވެސް އަދި މައްސަރަކީވެސް ބައްދަލުވެ ވަކިވެގެންދާނެއެއްޗެކެވެ. ރަމަޟާން މަހަކީ މީސްތަކުންނަށް ﷲ ތަޢާލާ ދެއްވަވާ އެންމެ މަތިވެރި ފުރުޞަތެވެ. ނަމަވެސް ފުރުޞަތުގެ ފައިދާކުރާނީ ފުރުޞަތުގެ ބޭނުން ހިފި މީހަކަށެވެ.
"ރަމަޟާންމަހުގެ ކޮންމެ ރެއެއްގައި ﷲ ތަޢާލާ އެއިލާހުގެ އަޅުންގެ ތެރެއިން ބައަކު ޖަހަންނަމައިން މުއްތިކުރައްވާ ކަމަށް ނަބިއްޔާ ﷺ ޚަބަރުދެއްވާފައިވެއެވެ! (سنن ابن ماجه 1642)
މިބޮޑު ކާމީޔާބީގެ އަހުލުވެރިއަކަށް ވެވޭނީ ރަމަޟާންމަހުގެ ރޭތައް އަޅުކަމުގައި އިޙްޔާކޮށްގެންނެވެ! ކުޅިވަރާއި މަޖަލުގައި ވަގުތު ނަގާލާ ބައަކަށް މިނިޢުމަތެއް ނުލިބޭނެއެވެ!" --ޝައިޚް އަޙްމަދު ރިމާޒް
ރަމަޟާންމަސް ފެށުނީންސުރެ ދީނީ ޢިލްމުވެރިން ގެންދަވަނީ މިކަން ފާހަގަކުރައްވަމުންނެވެ. ނަމަވެސް އެއަޑު ނުއިވޭ ބައަކު އުޅެއެވެ. މުއައްސަސާތައްވެސް ހުރެއެވެ. ވީމާ ޝައިޚުގެ މިބަސްފުޅަކީ ވިސްނައިލުން މުހިންމު ބަސްފުޅެކެވެ