ކަށުނަމާދުކުރާނެ ގޮތް: ކުރު ގޮތަކަށް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 34ސ
ކަށުނަމާދުކުރާނެ ގޮތް: ކުރު ގޮތަކަށް-

ކަށުނަމާދުގައިވަނީ ހަތަރު ތަކްބީރެވެ. ފުރަތަމަ ތަކްބީރުގައި ސޫރަތުލްފާތިޙާ ކިޔަވާނީއެވެ.

އެއަށްފަހު ހަށަންމުހެލުމަށްފަހުގައި ދެވަނަ ފަހަރަށް ހަށަމްބަންނާނީ އެވެ. ދެވަނަ ހަށަމުގައި ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ޞަލަވާތް ކިޔަވާނީއެވެ. (اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدِ) .  

(ޖަނާޒާތަކުގައި ރާއްޖޭގައި ޢާންމުކޮށް ކިޔަނީ ނަމާދުގެ ފަހު އައްތަހިއްޔާތުގައި ކިޔާ އިބްރާހީމް ޞަލަވާތެވެ!) 

އެއަށްފަހު ހަށަމް މުހެލާފައި ތިންވަނަ ތަކްބީރަށް ހަށަމް ބަންނާނީއެވެ. އަދި މައްޔިތާ އަށް ދުޢާ ކޮށް ދޭނީ އެވެ. 

(اَللَّهُمَّ اغْفِرْ لَهُ وَارْحَمْهُ،  وَعَافِهِ وَاعْفُ عَنْهُ، وَأَكْرِمْ نُزُلَهُ،  وَوَسِّعْ مُدْخَلَهُ،  وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ،  وَنَقِّهِ مِنْ الْخَطَايَا كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ،  وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ،  وَأَهْلًا خَيْرًا مِنْ أَهْلِهِ،  وَزَوْجًا خَيْرًا مِنْ زَوْجِهِ،  وَأَدْخِلْهُ الْجَنّةَ،  وَأَعِذْهُ مِنْ عَذَابِ الْقَبْرِ،  وَمِنْ عَذَابِ النَّارِ) 

އެއަށްފަހުގައި ހަށަމް މުހެލުމަށްފަހު ހަތަރުވަނަ ތަކްބީރަށް ހަށަމް ބަންނާނީއެވެ. އަދި އަމިއްލަ ނަފްސަށް ދުޢާ ކުރާނީއެވެ.(رَبَّنَا ءَاتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ)،އެއަށްފަހު ސަލާމްދޭނީއެވެ.واللهأعلم. 

އިތުރު 2 ސުވާލު:  

ޣައިރުމުސްލިމުންގެ ޢީދުތަކުގައި އެމީހުންނަށް ތަހުނިޔާކިޔުމަކީ ހަރާމްކަމަކަށްވާއިރު، ޣައިރުމުސްލިމަކަށް ކައިވެނިގެ ތަހުނިޔާކިޔުމަކީ ކޮންކަހަލަކަމެއްތޯ؟ 

ޣައިރު މުސްލިމެއްގެ ކައިވެނީގެ މުނާސަބަތުގައި އޭނާ އަށް ތަހުނިޔާ ކިޔުމަކީ މައްސަލަ އެއް ނޫނެވެ. އެއީ އެމީހުންގެ ޢީދު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.واللهأعلم 

އަޅުގަނޑުގެސުވާލަކީ، އަންބަކު އޭނާގެ ފިރިމީހާއަށް ދޮގެއްހެދުމުން ފިރިމީހާ މިބުނަނީއަނބިމީހާއާއި ދިމާލަށް ތިހަދަނީ ދޮގެއްކަމަށްވެއްޖެއްޔާ ތިއީ ތިމަންނަގެ އަންބެއްނޫނޭ. އެކަމަކު ފަހުން ފިރިމީހާ ބުނީ އެއީ އެހެން ހިތުލައިގެންބުނި އެއްޗެއް ނޫންކަމަށެވެ. މިހެން ދިމާވީމަ މިކަމާއި ވިދާޅުވަނީކީކޭތޯއެވެ؟ 

ޞަރީޙަ ބަހުން ވަރީގެ ލަފްޡު ބޭނުންކޮށްފިނަމަ ނިޔަތަށް ބަލާކަށް ނުޖެހޭނެއެވެ. ޞަރީޙަ ނޫން ބަހަކުން ނަމަ ނިޔަތަށް ބަލަން ޖެހޭނެއެވެ. واللهأعلم.

މިއަދު އޮންލައިން