ނިޔަތް ގަތުމަށްފަހު ހިނދުކޮޅަކަށްވެސް ނުކޮށް މަޑުނުކުރެވޭނެ އަޅުކަމެއް ވެއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ނިޔަތް ގަތުމަށްފަހު ހިނދުކޮޅަކަށްވެސް ނުކޮށް މަޑުނުކުރެވޭނެ އަޅުކަމެއް ވެއެވެ!: މުފްތީ މެންކް

މީހަކު ހެޔޮކަމެއް ކުރަން ނިޔަތްގަނެ އެކަމަށް މަސައްކަތްކުރަމުން އަންނަނިކޮށް، އެކަމެއް ނުކުރެވެނީސް އެމީހަކު މަރުވެއްޖެނަމަ، އެމީހާ ނިޔަތްގަނެގެން ހުރި ކަންތައް ކުރި ކަމުގެ ޘަވާބު އިން ޝާ ﷲ، ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެ ކަމަށް އަބަދުވެސް ބުނަމެވެ. މިޘާލަކަށް ރަމަޟާން މަހާއި ބައްދަލުކުރެވުމުން މިވެނި އެވެނި އަޅުކަމެއް ކުރަން، ފަހުދިހައިގައި އިޢްތިކާފަށް އިންނަން ފަދަ ކަންކަމުގައެވެ. 

އެހެނަސް ނިޔަތް ގަތުމަށްފަހު ކިތަންމެ ކުޑަކުޑަ ހިނދުކޮޅަކަށްވެސް މަޑުކޮށްލައިގެން ނުވާނެ ކަމެއް އެބައޮތެވެ. އެއީ ތައުބާވުމެވެ. ރަމަޟާން މަސް އައުމުން، ފަހުދިހަ އާއި ބައްދަލުވުމުން ތައުބާވާން ނިޔަތްގަނެގެން މަޑުކުރުމެއް ނެތެވެ. އެއީ އެކަމަށް ނިޔަތްގަތުމާއިއެކު ވަޤުތުން ކުރަންޖެހޭނެ ކަމެކެވެ. 

އަދި ހަމައެފަދައިން ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން، ޙައްޖުނުވެ ޢުމުރުން ދުވަސްވުމުން ޙައްޖުވާން މަޑުކުރުމެއްވެސް ނެތެވެ. ކިތަންމެ ޒުވާން ޢުމުރުގައިނަމަވެސް ﷲ ތަޢާލާ އެމީހަކަށް ޙައްޖުވެވޭނެ ތަނަވަސްކަމާއި ކެރިކުޅަދާނަކަން ދެއްވަވައިފިނަމަ ޖެހޭނީ ވަޤުތުން ޙައްޖުވާށެވެ. ޒުވާން ޢުމުރުގައި ބައެއް ފާފަތައްކޮށްލާފައި ފަހުން ތައުބާވާން ޙައްޖަށް ދިއުމަށް މަޑުކުރުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން