ޤުރްއާނާ ސުންނަތުން އެނގެން އޮތް ބައެއް މަލާއިކަތްބޭކަލުންނާ އެބޭކަލުންނާ މީސްތަކުންނާ ހުރި ގުޅުން-

ކިޔުމަށް ހޭދަވާނީ 2މ 55ސ
ޤުރްއާނާ ސުންނަތުން އެނގެން އޮތް ބައެއް މަލާއިކަތްބޭކަލުންނާ އެބޭކަލުންނާ މީސްތަކުންނާ ހުރި ގުޅުން-

ފާޠިމަތު ނަޢީޝާ

މަލާއިކަތް ބޭކަލުންގެ މާތް ކަމާއި މަތިވެރިކަން ކީރިތި ޤުރުޢާނުގެ މޫރިތި އާޔަތްތައް އަހަރެމެންނަށް ހަނދާންކޮށްދެއެވެ. سورة الأنبياء ގެ 19 އަދި 20 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. " އަދި އުޑުތަކާއި، ބިމުގައިވާހާ ބަޔަކު މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އެކަލާނގެ ޙަޟްރަތުގައިވާ މަލާއިކަތުން އެކަލާނގެއަށް އަޅުކަން ކުރުމަކަށް ބޮޑާވެއެއްނުގަނެއެވެ. އަދި ވަރުބައްޔެއްވެސް ނުމެވޭމެއެވެ. އެމަލާއިކަތުން ރެޔާއި ދުވާލު ފޫހިވުމެއްނެތި ތަޞްބީޙަ ދަންނަވަތެވެ." 

މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިންވާ ރުކުނެކެވެ. 

ކީރިތި ޤުރުޢާނާއި ރަޞޫލާ ގެ ސުންނަތުގައިވާ ބައެއް މަލާއިކަތްބޭކަލުން: 

· ބްރިލް ޢަލައިހިއްސަލާމް

ޖިބްރީލް ޢަލައިހިއްސަލާމަކީ ވަޙީގެ މަލާއިކަތާއެވެ. ޢީސާ ޢަލައިހިއްސަލާމާއި، މޫސާ ޢަލައިހިއްސަލާމް، އަދި ކީރިތި ރަސޫލާ محمد الصلى الله عليه وسلم ފަދަ އެކި އެކި ރަސޫލުބޭކަލުންނަށް ޖިބްރީލް ޢަލައިހިއްސަލާމް ވަނީ ވަހީ ބާވައިލައްވާފައެވެ. 

· މީކާއީލް ޢަލައިހިއްސަލާމް

މީކާއިލް ޢަލައިހިއްސަލާމަކީ ވާރެއާއި އެކި އެކި ޤުދުރަތީ ކަންތައްތަކުގެ މަލާއިކަތާއެވެ. 

· އިސްރާފީލް ޢަލައިހިއްސަލާމް

ޤިޔާމަތް ދުވަސް ފެށުމަށް ތާޅަފިލި  ފުމެލައްވާނީ އިސްރާފީލް ޢަލައިހިއްސަލާމެވެ.

ކީރިތި ރަސޫލާ محمد الصلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "އިސްރާފީލް ޢަލައިހިއްސަލާމް، ތާޅަފިލި ތުންފަތްޕުޅުގައި ޖައްސަވައިގެން، މާތްﷲ އޭތި ފުމެލެއްވުމަށް އަމުރުކުރައްވަންދެން ހުންނަވާއިރު ތިމަންކަލޭނގެފާނު ހިތްޕުޅުހަމަޖެހިވަޑައިގެން ހުންނަވާނީ ކިހިނަކުންހެއްޔެވެ؟" ދެން މުސްލިމުން އެކަލޭނގެފާނުގެ އަރިހުގައި ސުވާލުކުރެއްވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! ތިމަންމެން ﷲގެ ޙަޟްރަތުގައި ދަންނަވަންވީ ކީކޭހެއްޔެވެ؟" އެކަލޭނގެފާނު ޙަދީޘްކުރެއްވިއެވެ. "ދަންނަވާށެވެ! އިބަރަސްކަލާނގެ އަހަރެންނަށް ފުދެއެވެ. އަދި އެކަލާނގެއީ ރިޒްޤު ތަނަވަސްކޮށްދެއްވާ މަތިވެރިވެގެންނާ އިލާހެވެ. ﷲ ޞުބްޙާނަހޫ ވަޠަޢާލާއަށް މިއަޅާ އިތުބާރުކުރަމެވެ." (ސުނަނު ތިރްމިޛީ 3243)   

· މަލަކަލް މައުތް

މަލަކަލް މައުތް އަކީ މަރުގެ މަލާއިކަތާއެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މަރު ހިއްޕެވުން ހަވާލުކުރައްވާފައިވާ މަލަކަލް މައުތު ތިޔަބައިމީހުންގެ މަރު ހިއްޕަވާނެތެވެ. ދެން ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީ، އިބަރސްކަލާނގެ ޙަޟްރަތަށެވެ." (سورة السّجدة : 11) 

· ހާރޫތް އަދި މާރޫތް ޢަލައިހިއްސަލާމް

މި 2 މަލާއިކަތް ބޭކަލުން ފޮނުއްވެވީ އަހަރެމްނަށް އިމްތިހާނެއްގެ ގޮތުގައި، ސިހުރު އުނގަންނައިދޭށެވެ.

"އަދި ބާބިލް ގައިވާ ހާރުތް އާއި މާރޫތް ގެ މައްޗައް ބާވައިލެއްވި ތަކެއްޗައްވެސް އެއުރެން ތަބަޢަވޫއެވެ. ތިމަންމެން ވާކަން ކަށަވަރީ އިމްތިހާނެއްކަމުގައްޔާއި، ފަހެ އެދަސްކޮށްގެން ކާފިރު ނުވާށޭ ވިދާޅުވެ، ނަޞޭޙަތްދެއްވުމަށްފަހު މެނުވީ އެ 2 މަލާއިކަތުން އުނގަންނަވައެއްނުދެއްވައެވެ." (سورة البقرة : 102)   

· މާލިކް ޢަލައިހިއްސަލާމް

ނަރަކަ ބެލެހެއްޓުމުގައި އެކިއެކި މަލާއިކަތްބޭކަލުން ހުންނަވާއިރު، އެންމެ އިސްކޮށް ހުންނަވާނީ މާލިކް ޢަލައިހިއްސަލާމެވެ.

"ނަރަކައިގެ އަލިފާންގަނޑު ބަލަހައްޓަވާނީ މާލިކް ޢަލައިހިއްސަލާމެވެ" (ސަޙީހް ބުޚާރީ 1386) 

· މުންކަރު އަދި ނަކީރު ޢަލައިހިއްސަލާމް

މަރުވުމަށްފުހު، ކަށްވަޅުގައި ތިބާއާއި ސުވާލުކުރައްވާނީ މި ދެ މަލާއިކަތްބޭކަލުންނެވެ. 

https://fitrahtawheed.com/angels-names-islam

މިއަދު އޮންލައިން