ޤުރްއާން ކިޔެވުމުން ދުވަސްފަށައި ޤުރްއާނާއިއެކު ދުވަސްހޭދަކުރާނަމަ ގިނަ މައްސަލަތަކެއް ޙައްލުވާން ފަށާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޤުރްއާން ކިޔެވުމުން ދުވަސްފަށައި ޤުރްއާނާއިއެކު ދުވަސްހޭދަކުރާނަމަ ގިނަ މައްސަލަތަކެއް ޙައްލުވާން ފަށާނެ! އިން ޝާ ﷲ: މުފްތީ މެންކް

ކީރިތި ޤުރްއާނަކީ ޝިފާއެއް ކަމަށް އޮތް ވަޙީބަސްފުޅުގެ މާނައަކީ ހަމައެކަނި މީހުންނަށް ޖެހޭ ބޮޑެތި ބަލިތަކެއް ނޫނެވެ. އެއީ ހިތާމައާއި ހިތްދަތިކަމަށްވެސް އޮތް ޝިފާއެކެވެ. އިންސާނުންނަށް ޝިފާ ބޭނުންވާ ހުރިހާ ކަމަކަށް އޮތް ޝިފާއެކެވެ. މީގެ އިތުރުން ރިޒުޤް ތަނަވަސްވުމަށާއި ކުރިމަތިވާ ތަކްލީފްތައް ޙައްލުކުރަން ވެސް އޮތް މަގެވެ. 

މީހުންގެ ވަޤިތުތައް ހުންނަގޮތުން ކޮންމެ ދުވަހަކު ޤުރްއާން ކިޔެވުމުގައި އެހައި ގިނަ ވަޤުތު ހޭދަނުކުރެވިދާނެއެވެ. ނަމަވެސް އަޑުއަހާ ވަޤުތު ގިނަކުރެވިދާނެއެވެ. އެއީ ކޮންމެ މީހަކަށްވެސް ކުރެވެން އޮތް ކަމެކެވެ. ކާރުގައި ސެޓް ބަހައްޓައިގެން އަޑުއެހި ޒަމާން މާޒީވެ ހިނގައްޖެއެވެ. މިއީ އަތުގައި އޮންނަ ފޯނުން އަޑުއެހުމުގެ ޒަމާނެވެ. 

ވަރަށް ރިވެތި ރާގުތަކަށް ކިޔަވާ ޤާރީން، ޙާފިޛުން ބައިވަރެވެ. އެއީވެސް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތެކެވެ. ރަޙްމަތެކެވެ. ސަބަބަކީ އެކިމީހުންނަށް ރީތިވާނީ އެކި ރާގެވެ. ވީމާ އެމީހަކަށް އެންމެ ހިތްހަމަޖެހޭ ޤާރީއެއްގެ ކިޔެވުން އަޑުއަހާށެވެ. 

އެކަމަކު ޤުރްއާން އަޑުއަހަން ބޭނުންވާ މީހުންނަށް އަހުރެން ޝަރުޠެއް ހުށަހަޅާނަމެވެ. އެއީ ފުރަތަމަކަމަކަށް ކީރިތި ޤުރްއާނުން ކޮންމެވެސް މިންވަރެއް ކިޔަވައިގެން ދުވަސްފެށުމެވެ. އެހެނީ ޤުރްއާން ބާވައިލެއްވެވީ އަހަރެމެން ކިޔަވައި ޢަމަލުކުރާށެވެ. އަޑުއެހުމުން ކުރާނެ ޙަޤީޤީ ފައިދާ ކުރާނީވެސް ކިޔަވައި ޢަމަލުކުރާ މީހަކަށެވެ. 

ގޮތްބަލަންވެސް ކީރިތި ޤުރްއާން ކިޔެވުމުން ދުވަސްފަށައި ވީވަރަކުން ޤުރްއާނާއިއެކު ދުވަސްހޭދަކުރަން ފަށަިބަލާށެވެ! ހުރިކަން އެނގޭ ބަލިތަކަށް ޝިފާލިބެންފަށާނެއެވެ. ހުރިކަން ނުއެނގޭ ބަލިތަކުންވެސް ސަލާމަތްވެވޭނެއެވެ. ރިޒުޤްތަނަވަސްވާން ފަށާނެއެވެ. މައްސަލަތައް ޙައްލަުވާންވެސް ފަށާނެއެވެ. އިން ޝާ ﷲ 

- މުފްތީމެންކުގެ ދަރުސަކުން

މިއަދު އޮންލައިން