ދަމުނަމާދަކީ ސުންނަތް ނަމާދެކެވެ. އެންމެ ހެޔޮކަންބޮޑު ޢަމަލަކީ ދާއިމީ ގޮތެއްގައި ކުރެވޭ ކަންތަކެވެ. އެހެން ކަމުން ދަމުނަމާދު ދޫކޮށްނުލާ ހިފެހެއްޓުން މުހިންމެވެ. واللهأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
(ހަނދުމަފުޅު އައުކޮށްލައްވާށެވެ! ރަސޫލް ﷺ ދަތުރުފުޅެއްގެ މަތީގައިވެސް ނުކުރައްވަވައި ދޫކޮށް ނުލައްވަވާ ސުންނަތް 2 ނަމާދެއްވެއެވެ. އެއީ ވިތުރިއާއި ފަތިސްނަމާދުގެ އިހުސުންނަތެވެ. ވީމާ ޝުއްޓީއެއްގައި ނަމަވެސް އަދި އެހެން ބޭނުމަކުނަމަވެސް ދަތުރުމަތީގައި އުޅުނަސް މި 2 ނަމާދަށް ރައްކައުތެރިވުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި ކީއްހެއްޔެވެ؟ ކިތަންމެ ކުރުކޮށް ކިޔަވައި 2 ރަކްޢަތްކޮށްލިނމަވެސް ދަމުނަމާދުކުރިކަމަށް ފުދޭނެއެވެ. އަދި ވިތުރިގެ އެންމެ ރަކްއަތެއްވެސް ކުރެވިދާނެއެވެ.)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުން:
https://islamqa.info/en/answers/21467/not-doing-regular-sunnah-prayers-whilst-travelling-apart-from-the-sunnah-of-fajr
މަޢުލޫމާތަށްޓަކާ:
ހުކުރު ދުވަހު މެންދުރު ބަންގި ގޮވުމުން ކުރާ ސުންނަތް ނަމާދަކީ ޘާބިތު ނަމާދެއް ނޫނެވެ. މިސްކިތަށްވަދެ މިސްކިތު ސުންނަތުގެ ދެރަކްޢަތް ކުރުމުން ފުދޭނެއެވެ. واللهأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް