ތިބާ ކިޔަވާ ޤުރުއާން ތިބާއަށްޓަކައި ޤިޔާމަތްދުވަހުން ޝަފާޢަތްތެރިވާނެ! (ތިބާގެ ދިފާޢުގައި ވާހަކަ ދައްކާނެ)! ޤުރުއާނުގެ ޝަފާޢަތް ތިބާއަށް ޙައްޤުވާނީ ކީރިތި ޤުރުއާނަށް އީމާންވެ، ޤުރުއާނަށް ޢަމަލުކޮށް، އަދި ޤުރުއާން ގިނަގިނައިން ކިޔަވައިގެންނެވެ!
އަޅާ ހިފާ ރޯދަ އަޅާއަށްޓަކައި ޤިޔާމަތްދުވަހު ޝަފާޢަތްތެރިވާނެއެވެ. (އެމީހެއްގެ ދިފާޢުގައި ވާހަކަދައްކާނެ)! ރޯދައިގެ ޝަފާޢަތް އެމީހަކަށް ޙައްޤުވާނީ ﷲ އަށްޓަކައި ރޯދަ ހިފައިގެންނެވެ. ރޯދައަށް ރައްކާތެރިވެގެންނެވެ. (ދުލާއި ލޮލާއި ކަންފަތާއި އަތްފައިގެ ގުނަވަންތަކަށް ރައްކާތެރިވެގެން)
-- ޝައިޚް އަޙްމަދު ރިމާޒް
ޤުރްއާނަށް ޢަމަލުކުރާ ވާހަކަ ބުނުމުން ގިނަބައަކަށް ވިސްނެނީ އެންމެ ރަނގަޅަކަށް ނޫނެވެ. ރަނގަޅަށް ވިސްނައިލާށެވެ! ޤާނޫނުތަކަށް ޢަމަލުކުރުމަކީ ޤާނޫނުގައިވާ ގޮތަށް ކަންކަން ކުރުންކަމަށްވާއިރު ޤުރްއާނަށް ޢަމަލުކުރުމަކީވެސް ޤުރްއާނުގައިވާ ގޮތަށް ތިމާގެ ޢަމަލުތައް ބެހެއްޓުމެވެ.
ޤުރްއާނަށް ޢަމަލުކުރުމަކީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ނުކުރުމާއި އެކަމެއް ކުރަން އަމުރުކުރައްވަވާފައި ކަންކަން ކުރުމެވެ. ފާފައެއް ކުރެވުނަސް ތައުބާވުމަށް އަވަސްވެގަތުމެވެ.
މިޘާލަކަށް ވައްކަން ކުރީމާ އަތްކަނޑަން ޤައުމުގެ ޤާނޫނުގައި ނެތުމަކީ އެމީހާގެ މައްސަލައެއް ނޫނެވެ. އެއީ ޤާނޫނު ހަދާ ބައެއްގެ މައްސަލައެކެވެ. ޤާނޫނުގައި ނެތިގެން އަތް ނުކަނޑާނަމަ ފާފަވެރިވާނީ ﷲ ތަޢާލާގެ ޙުކުމްފުޅަށް ގޮންޖަހައި ތަންފީޛް ނުކުރި ބައެކެވެ. އަދި އެއީ ތިމާއަށް ވައްކަންކުރަން ހުއްދަލިބޭނެ ކަމެއް ނޫނެވެ. ވައްކަންކޮށްފިނަމަ ފާފަވެރިވާނެއެވެ! ޒިނޭ ކުރުމާއި އެހެން ﷲާފަތައް ކުރުމުގައިވެސް އޮތީ ހަމަ މިގޮތެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން