ދިރާގު ގުޑިފެސްޓް މާދަމާ އުސްފަސްގަނޑުގައި ބާއްވަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދިރާގު ގުޑިފެސްޓް މާދަމާ އުސްފަސްގަނޑުގައި ބާއްވަނީ!

ދިރާގު ގުޑިފެސްޓް މާދަމާ މާލެ އުސްފަސްގަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް ދިރާގުން ބުނެފިއެވެ. މާލެ ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މަދަމާ 1 އޭޕްރީލް 2023 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4 ން 6 އަށެވެ. 

ގުޑި އެރުވުމަކީ ރަމަޟާން މަހުގެ ހަވީރު ގަޑީގައި ބޮޑެތި މީހުން އަދި ކުޑަކުދިންގެ މެދުގައިވެސް މަޤްބޫލް ހަރަކާތެކެވެ. ދިރާގު ގުޑިފެސްޓް މެދުވެރިކޮށް އެ ކުންފުނިން އުއްމީދު ކުރަނީ މި މަހުގެ ތެރޭގައި މި ޒަމާންވީ ސަގާފީ އާދަކާދައާ ދެމެދު އިތުރު ކުދިންގެ ޝައުގު އާލާކުރުމެވެ. 

ދިރާގު ގުޑިފެސްޓްގައި ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭނެއެވެ. އަދި މި އިވެންޓްގައި އެކި ވައްތަރުގެ ގުޑިވެސް ދިރާގުން ބަހާނެއެވެ. 

ޚާއްސަކޮށް މި ރަމަޟާން މަހާ ދިމާކޮށް ދިރާގުން ދަނީ ހިތްގައިމު ހަރަކާތްތަކާއި އޮފާތައް އާންމުންނަށް ގެނެސްދެމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށް އެދޭ ކަމަށެވެ.

ދިރާގުން ދަނީ ކޮންމެ ރަމަޟާން މަހުގައިވެސް ކަސްޓަމަރުންނާއި ދިވެހި ރާއްޖޭގައި އުޅޭ ފަރާތްތަކަށް އިތުރު ހަރަކާތްތަށް ގެނެސްދެމުންނެވެ. އަދި އެކުނުފުނިން ވަނީ ރޯދަމަހަކީ ހުރިހާ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށްވެސް އެދިފައެވެ.

 

މިއަދު އޮންލައިން