ގޭގަ ނަމާދުކުރަން ތިއްބާ ކުއްޖަކަށް ކުޑަކަމުދެވުމުން ނަޖިހާއެކު އައިސް ނަމާދަށް ހުރި މީހެއްގެ ގައިގައިޖެހިއްޖެނަމަ ޢަމަލުކުރަންވީ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ގޭގަ ނަމާދުކުރަން ތިއްބާ ކުއްޖަކަށް ކުޑަކަމުދެވުމުން ނަޖިހާއެކު އައިސް ނަމާދަށް ހުރި މީހެއްގެ ގައިގައިޖެހިއްޖެނަމަ ޢަމަލުކުރަންވީ ގޮތް-

ގޭގައި ނުވަތަ އެހެންތަނެއްގައި ނަމަވެސް ބައަކު ނަމާދުކުރަން ތިއްބާ ކުއްޖަކަށް ކުޑަކަމުދެވުމުން ނަޖިހާއެކު އައިސް ނަމާދަށް ހުރި މީހެއްގެ ގައިގައިޖެހުން ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ނަޖިސް ޖެހުނުތަން ދޮވެގެން އަލުން ނަމާދު އިޢާދަ ކުރާނީއެވެ.

واللهأعلم.

(ނަޖިހާއިއެކު ނަމާދުކުރުމެއް ނެތެވެ. ނަމާދުކުރަންވާނީ ޠޯހިރުކޮށްގެންނެވެ.) 

އިތުރު 2 ސުވާލު: 

އިސްލާމް ޓީޗަރަކު ބުނުއްވި ގޮތުގައި އަންހެނުންވެސް މަނިބޭރުވެއެވެ. އެހެންކަމަށްވާނަމަ މަނިބޭރުވުމުން އެކަން އެނގޭނީކ ިހިނެއްތޯ؟ އަދިއެހެންވެއްޖެނަމަ ހިނައިގަންނަން ޖެހޭނެތޯއެވެ؟ 

ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންގެވެސް މަނި ބޭރުވެއެވެ. އެހެންވެއްޖެނަމަ ހިނައިގަންނަންވެސް ޖެހޭނެއެވެ. واللهأعلم. 

މިހާރަކަށް އައިސް ވަރަށްގިނަ މީހުން އަލަށް ވަޒީފާއެއް ލިބުމުން ރައްޓެހިންނާ ތިމާގެމީހުންނަށް ސައިދީހަދައެވެ. މީކޮންކަހަލަކަމެއްތޯ؟ 

ތިމާއަށް އުފާވެރިކަމެއް ލިބުމުން މީހުންނަށް ސައިދީ ކާންދީ ހެދުމަކީ އެދެވިގެންވާ ކަމެކެވެ. واللهأعلم.

 

މިއަދު އޮންލައިން