ބާލިޣް ނުވާ ކުދިންގެ ކަށުނަމާދުގައި ވެސް، ވަޅުލާފައި ވެސް ދުޢާކޮށްދޭނީ މައިންބަފައިންގެ ފާފަ ފުއްސަވައި ދެއްވެވުންއެދި!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ބާލިޣް ނުވާ ކުދިންގެ ކަށުނަމާދުގައި ވެސް، ވަޅުލާފައި ވެސް ދުޢާކޮށްދޭނީ މައިންބަފައިންގެ ފާފަ ފުއްސަވައި ދެއްވެވުންއެދި!: ޑރ. އިޔާޟް

"ކުއްޖާގެ ޢަމަލުތައް ލިޔެވެން ފަށަނީ ކޮން އުމުރަކުތޯ؟ ޢަމަލުތައް ލިޔެވެން ފެށުމުގެ ކުރިން މަރުވާ ކުދިންގެ ކަށުނަމާދުގަ އެކުއްޖާގެ ފާފަ ފުއްސެވުން އެދި ދުޢާ ލުރާނެތަ؟ އަދި ވަޅުލައި ނިންމާފަވެސް ދުޢާ ކުރާނެތަ؟"

 

މި ސުވާލުތަކުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ ކުއްޖާގެ އަމަލުތައް ލިޔެވެން ފަށާނީ ބާލިޣްވުމުން ކަމަށެވެ. އެއިގެ ކުރިން މަރުވާ ކުދިންގެ ކަށުނަމާދުގައި ދުޢާ ކުރާނީ އެކުދިންގެ މައިން ބަފައިންގެ ފާފަ ފުއްސަވައި ދެއްވެވުން އެދިއެވެ. ސަބަބަކީ އެކުދިންނަކީ ކުށެއް ނެތް ކުދިން ކަމުގައި ވުމެވެ. އަދި ވަޅުލައި ނިމުމުންވެސް ދުޢާ ކޮށްދޭނީ އެކުދިންގެ މައިން ބަފައިންގެ ފާފަ ފުއްސަވައިދެއްވެވުން އެދި ކަމަށެވެ.

މިއަދު އޮންލައިން