އެއްވެސް ހިސާބުބެއްލެވުމެއްނެތި ސުވަރުގެވަދެވޭ ހަތްދިހަހާސް މީހުންގެތެރެއިން ވުމަށްއެދޭނަމަ ކަންކުރަންވީގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 57ސ
އެއްވެސް ހިސާބުބެއްލެވުމެއްނެތި ސުވަރުގެވަދެވޭ ހަތްދިހަހާސް މީހުންގެތެރެއިން ވުމަށްއެދޭނަމަ ކަންކުރަންވީގޮތް-

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބައެއް ޙަދީޘް ތަކުގައި މީސްތަކުން ތިންބަޔަކަށް ބައްސަވާފައިވެއެވެ. އޭގެތެރެއިން ޙިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވަދެވޭ ބަޔެއްގެ ގޮތުގައި ޞިފަ ކުރައްވާފައިވަނީ ހެޔޮކަންތައް ކުރުމުގައި ކުރިއަރާދާ މީހުންނެވެ. 

عَنْ أَبِي الدَّرْدَاءِ رضي الله عنه قَالَ : سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ : 

( قَالَ اللهُ عَزَّ وَجَلَّ : ( ثُمَّ أَوْرَثْنَا الْكِتَابَ الَّذِينَ اصْطَفَيْنَا مِنْ عِبَادِنَا فَمِنْهُمْ ظَالِمٌ لِنَفْسِهِ وَمِنْهُمْ مُقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللهِ ) فاطر/32، فَأَمَّا الَّذِينَ سَبَقُوا بِالْخَيْرَاتِ فَأُولَئِكَ الَّذِينَ يَدْخُلُونَ الْجَنَّةَ بِغَيْرِ حِسَابٍ ، وَأَمَّا الَّذِينَ اقْتَصَدُوا فَأُولَئِكَ يُحَاسَبُونَ حِسَابًا يَسِيرًا ، وَأَمَّا الَّذِينَ ظَلَمُوا أَنْفُسَهُمْ فَأُولَئِكَ الَّذِينَ يُحَاسَبُونَ فِي طُولِ الْمَحْشَر ، ثُمَّ هُمُ الَّذِينَ تَلَافَاهُمُ اللهُ بِرَحْمَتِهِ ، فَهُمُ الَّذِينَ يَقُولُونَ : ( الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ إِنَّ رَبَّنَا لَغَفُورٌ شَكُورٌ ) فاطر/34، إِلَى قَوْلِهِ : ( لُغُوبٌ ) فاطر/35)

މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ އެއްސެވީމެވެ. މާތް ﷲ ވަޙީ ކުރެއްވި އެވެ. (ثُمَّ أَوْرَثْنَا الْكِتَابَ الَّذِينَ اصْطَفَيْنَا مِنْ عِبَادِنَا فَمِنْهُمْ ظَالِمٌ لِنَفْسِهِ وَمِنْهُمْ مُقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللهِ  ) (ސޫރަތު ފާޠިރު 32،) ޙިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވަދެވޭނެ ބަޔަކީ ހެޔޮކަންތައް ކުރުމުގައި ކުރިއަރާ ދިޔަ މީހުންނެވެ. ހެޔޮކަންތައް ކުރުމުގައި މެދުމިން އިޚްތިޔާރު ކުރި މީހުންނަށް ލުއިވެގެންވާ ޙިސާބަކުން ޙިސާބު ބެއްލެވޭނެއެވެ. އެބައިމީހުންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވީ މީހުންނަށް މުޅި މަޙްޝަރުގެ މައިދާނުގައި ޙިސާބު ބެއްލެވޭނެއެވެ. ﷲ ގެ ރަޙްމަތުން ސަލާމަތްވާ މީހުންނަކީ އެއީ އެވެ. އެބައިމީހުން ބުނާނެއެވެ. 

( الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ إِنَّ رَبَّنَا لَغَفُورٌ شَكُورٌ ) ސޫރަތު ފާޠިރު 34. 

މާނައަކީ: "حمدހުރީ اللَّهއަށެވެ. އެކަލާނގެއީ، ތިމަންމެންގެ ކިބައިން ހިތާމަތައްފިއްލެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ތިމަންމެންގެވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ގިނަގިނައިން شكر قبولކުރައްވާ ރަސްކަލާނގެކަން ކަށަވަރެވެ."

ވީމާ، ޙިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަދެވޭ މީހުންގެ ތެރޭގައިވާން ބޭނުންމަ ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށް، ފާފަ އެއް ކުރެވުމާއިއެކު ލަސްނުކޮށް އެކަމަކަށް ތައުބާވާންވީއެވެ. އޭރުން އިންޝާ ﷲ އެދަރަޖަ ލިބޭނެއެވެ.

މާތް ﷲ އަޅުގަޑުމެން އެންމެންނަކީ ޙިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަދެވޭ މީހުންގެ ތެރެއިން ލައްވާށިއެވެ. އާމީން. والله أعلم.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން