ސުންނަތް ޤަބޫލުނުކޮށް ޙަޖޫޖަހާ އިމާމެއްގެ ފަހަތުގަ ނަމާދުކުރެވިދާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ސުންނަތް ޤަބޫލުނުކޮށް ޙަޖޫޖަހާ އިމާމެއްގެ ފަހަތުގަ ނަމާދުކުރެވިދާނެތޯ؟

ތިޔަ އިމާމު ޝިރުކަށް ގޮވާ ނުހަދަނީ ނަމަ އޭނާގެ ފަހަތުގައި ނަމާދު ކުރާށެވެ. އަދި މަޑުމަޑުން އޭނާ އަށް ވިސްނައި ދެވޭތޯ މަސަތްކަތް ކުރާށެވެ. ޢުމުރުން ދުވަސްވުމުން ޢާދަވެގެން ކުރަމުން އައިކަންތައް، ނުވަތަ ކަށީގައި ހިފާފައި ހުރި ކަންތައް، ނުވަތަ ޒަމާނުއްސުރެ ގަބޫލު ކުރެވިފައި ހުރި ގޮތް ދޫކޮށްލުން އުނދަގޫވާނެއެވެ. ވުމާއިއެކު، ޙިކްމަތް ތެރި ކަމާއި އެކު އިމާމަށް ނަޞޭޙަތްތެރި ވާށެވެ. ޙައްޖާޖް ބިން ޔޫސުފް ގެ ފަހަތުގައިވެސް ޞަޙާބީން ނަމާދު ކުރެއްވިއެވެ.والله أعلم.

އިތުރު 3 ސުވާލު:

އައްސަލާމްއަލައިކުމް، އިންސާނުން މުއުމިނު ޖިންނި ގެނެސް ގެން އުޅޭ ކަމަށްއަޅުގަނޑަށް މަޢުލޫމާތު ލިބިފައި ވެއެވެ. އަޅުގަނޑުގެ ސުވާލަކީ ، އޭ ވެދާނެކަމެއްތޯއެވެ. އަދި އެކަން ކުރެވޭ ކަމުގައި ވަނީނަމަ ، އެކަން ކުރުމަކީއިސްލާމް ދީންގައި ކިހާވަރެއްގެ ކަމެއްތޯއެވެ؟

އިންސާނުން ޖިންނި ގެނެސްގެން އުޅުމަކީ ކުރެވިދާނެކަމެކެވެ.

މިފަހަކަށްއައިސް، ރާއްޖޭގަވެސް އެކިނަންނަމުގަ ރީތީގެ މުބާރާތްތައް ދަނީ ބާއްވަމުންނެވެ. އަންހެންކުދިން އެބައިމީހުންގެ އައުރަތަށް ނިވާކުރުމަށްދީނުގަވަނީ އަންގަވާފައެވެ. ހަމައެހެންމެ ފިރިހެނުންވެސް އެބައިމީހުންގެ އައުރަކަމުގަވާ، ކަކުލާ ފޫޅާ އެދެމެދަކީ، ނިވާކުރަންޖެހޭ ތަންތަނަނެވެ . އެހެންނަމަވެސް މިހާރު ދިވެހި ސިފައިން އިސްނަގައިގނެ، މރ،މޯލްދިވުސްގެނަމުގަޔާއި މރ،އެމްއެމްޑީއެފްގެ ނަމުގަ އެމީހުންގެ އައުރަތަށް ދަނީ ބޮޑެތހަފްލާތަކުގަ ދައްކަމުންނެވެ. މިކަމަކީ ކޮންކަހަލަ ކަމެއްތޯއެވެ. އަދިމިކަމުގަ އެމީހުންގެ އެހީތެރިންގެ ގޮތުގަ އަންހެންކުދިންވެސް ދަނީބައިވެރިވަމުންނެވެ. މިފަދަ ކަންތައްތަށް ހުއްޓުވުމަށް ރާއްޖެ އިސްލާމުންކުރައްވަނީ ކޮންކަމެއްތޯއެވެ. މީ ފާހިސް އަމަލުތަކަށާ، ފާހިޝްކަންތައްތަކަށް މަގުފަހިވެގެނދާނެ ކަންތަތއްތަކެވެ. 

ސުވާލުގައިވާފަދަިން ތިޔަ ކަންތައް ތަކަކީ ބޮޑެތި މުންކަރާތް ތަކަށް މަގުފަހި ކޮށްދޭ ކަންތަކެވެ. އެހެންކަމުން ތިޔަފަދަ ކަންތައް ހުއްޓުވުމަށް ކުރެވެން ހުރިކޮންމެ މަސައްކަތެއްވެސް ކުރަންވާނެއެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެފަދަ ކަންތައް އިންތިޡާމް ކުރާ ފަރާތް ތަކަށް ނަޞޭޙަތްތެރިވެ، ކަމުގެ ނުބައިކަމާއި ބޮޑުކަން ބަޔާން ކޮށްދޭންވާނެއެވެ. އަދި ތިމާގެ ބަސްވިކޭ މީހަކު އެކަމުގެ ތެރޭގައި އުޅޭކަމަށް ވަނީ ނަމަ އެމީހަކަށް ނަޞޭޙަތްދީ މަނާކުރެވެން ހުރި ކޮންމެ ގޮތަކުން ނަމަވެސް އެކަން ކުރާނީ އެވެ. މަނާކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވަނީ ނަމަ ހިތުން މަނާކުރާނީއެވެ. والله أعلم. 

ފިރިމީހާ ކައިވެނިނުކޮށް ހިލޭއަންހެނުން ގޮވައިގެން އުޅުމަކީ ކޮންކަހަލަކަމެއް؟ އަދި އެއަންހެން މީހާ އޭނާއާ ގުޅުންހިންގައިފިނަމަ އަނބިމީހާގެ ކިބައިން އަންހެންމީހ ާމާފަށްއެދެންޖެހުމީ އޮންނަކަމެއްތތޯ؟ 

ކުޑަވެސް ޝައްކެތްނެތް ގޮތުގައި ޒިނޭކުރުމަކީ ބޮޑުވެގެންވާ ފާޙިޝް ޢަމަލެކެވެ. ޚާއްޞަގޮތެއްގައި ކައިވެނި ކުރުމަށްފަހު މިފަދަ ނުބައި ޖަރީމާ އަކަށް އަރައިގަތުމަކީ ވަކިން ނުބައި ކަމެކެވެ. އެހެންކަމުން އެފަދަ ކަމެއް ޘާބިތުވެއްޖެމީހާގެ ޙުކުމަކީ ރަޖަމް ކުރުމެވެ.

މިނުބައި ޖަރީމާ ގައި ބައިވެރިވި ދެފަރާތުގެ މައްޗަށްވެސް ވާޖިބުވެގެންވަނީ އަވަހަށް ތައުބާވެ، ހެޔޮ ޢަމަލު ގިނަ ކުރުމެވެ. والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން