ހިތްދަތިކަމުން ނުވަތަ އެނޫންވެސް ތިމާ ކަންބޮޑުވާ ކަމަކުން ސަލާމަތްކޮށްދެއްވެވުން އެދި ކުރަން ރަނގަޅު ދުޢާއެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ހިތްދަތިކަމުން ނުވަތަ އެނޫންވެސް ތިމާ ކަންބޮޑުވާ ކަމަކުން ސަލާމަތްކޮށްދެއްވެވުން އެދި ކުރަން ރަނގަޅު ދުޢާއެއް-

"އަޅުގަނޑަށް މިއުޅެނީ ވަރަށް ބޮޑު ހިތްދަތިކަމެއް ކުރިމަތިވެގެންނެވެ. މުޞިބާތެއް ކުރިމަތިވެގެންނެވެ. ތަކްލީފްތަކެއް އުފުލަން ޖެހިގެންނެވެ. ކުރަން ރަނގަޅު ދުޢާއެއް ވިދާޅުވެދެއްވަފާނަންތޯ؟"  

މިފަދަ ސުވާލުތައް ވަރަށް ގިނައިން ލިބެއެވެ. ދަންނަވާލަން އޮތީ އެކަމަކާއި ގުޅޭ ދުޢާއެއް ޤުރްއާނާއި ސުންނަތުން ފެނޭތޯ ބައްލަވާށެވެ. ނުފެނިއްޖެނަމަ އެހެނީ ޤުރްއާނާއި ސުންނަތުގައިވާ ދުޢާތަކަށްވުރެ ފުރިހަމަ ދުޢާތަކެއް ނުވެއެވެ. އެދުޢާތައް އެވަނީ އެންމެ ފުރިހަމަ އެންމެ ރިވެތި ޢިބާރާތުންނެވެ. އެއަސްވުރެ ފުރިހަމަ ޢިބާރާތެއް ނުވާނެއެވެ. އެދުޢާތައް ޤުރްއާނާއި ޙަދީޘްފުޅުތަކުގައި އެހުރީ އަހުރެމެން ދަސްކުރުމަށެވެ.  

އެފަދަ ދުޢާއެއް ނުފެނުނަސް ކަންބޮޑުނުވާށެވެ! އޮނަސައްތަ އިސްމްފުޅުތަކުގައި އެހުރީ ﷲ ތަޢާލާއަސް ޚާއްޞަވެގެންވާ ނަންފުޅުތަކެވެ. ދުޢާކުރަން ބޭނުންވާ ކަމަކާއި ގުޅުން ހުރި ނަންފުޅުތަކުން ދަންނަވާށެވެ. ރަސޫލް އަށް ޞަލަވާތް ކިޔެވުމަށްފަހު އެމީހަކު ބޭނުންވާ ކަމެއްގެ ވާހަކައިން ދަންނަވައި ދުޢާކުރާށެވެ. ދުޢާކުރާކަށް ވަކިބަހެއް ނެތެވެ. ހުރިހާ ބަސްތަކެއްވެސް ﷲ ތަޢަލާ ދެނެވޮޑިގެންވެއެވެ.  

އެންެ މުހިންމު ކަމަކީ ދުޢާކުރަން ތިމާ ފުރިހަމަކުރަންޖެހޭ ޝަރުޠުތަކުގައި ހިފަހައްޓައިގެން ހުރެ ދުޢާކުރުމެވެ. ދުޢާކުރުމުގެ އަދަބުތަކުގައި ހިފަހައްޓައިގެންހުރެ އަދަބުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކު ދުޢާކުރުމެވެ. އަދި ދުޢާކުރަންފަށަމުން ވެސް ނިންމަމުންވެސް ﷲ ތަޢާލާ މަތިވެރިކުރާށެވެ!

- މުފްތީ މެންކުގެ ދަރުސަކުން  

ބަރަކާތްތެރި ރަމަޟާން މަސް ފެށިގެން ކުރިއަށްދާތީ އާއި ފަހުދިހަ ފެށެން ގާތްވެފައި އޮތުމުން ކުރާނެ ރަނގަޅު ދުޢާތައް ގިނަ ބައަކު ހޯދައެވެ. މަތީގައި ބަޔާންކުރެވުނު ވާހަކަތަކަކީވެސް ވަރަށް ގިނަ ފހަރު އެކި ޢިބާރާތުން ޝާއިޢުކުރެވިފައިވާ ވާހަކަތައް ނަމަވެސް މިގެނެސްދިނީ ކިޔުންތެރިން ތަކުރާރުކޮށް ހަމަ މިމޭރުމުން ސުވާލުކުރައްވާތީއެވެ. 

އެހެންވެ އަނެއްކާވެސް ހަމަ ހަނދުމަކޮށްލައިދިނުމުގެ ގޮތުން ބުނެލަމެވެ. މިއީ ކޮންމެ ކަމަކަށް އެދިގެން ދުޢާކުރިނަމަވެސް ދުޢާކުރަން ފަށަން ވަރަށ ރަނގަޅު، ރިވެތި ޢިބާރާތްތަކެކެވެ.   

(يا سيد السادات، يا مجيب الدعوات، يا رافع الدرجات، يا ولي الحسنات، يا غافر الخطيئات، يا معطي المسئلات، يا قابل التوبات، يا سامع الاصوات، يا عالم الخفيات، يا دافع البليات). 

އެކުލެވިގެންވާ މާނައީ: 

އޭ ހުރިހާ އަޅުތަކުންގެ ވެރިރަސްކަލާކޮ! އޭ ދުޢާތައް އިޖާބަ ކުރައްވާ އިލާހެވެ ، އޭ ދަރަޖަ އުފުއްލަވާ އިލާހެވެ، އޭ ހެޔޮ ޢަމަލުތައް ބެލަހައްޓަވާ އިލާހެވެ ، އޭ ފާފަ ފުއްސަވާ އިލާހެވެ، އޭ ސުވާލުތައް ޤަބޫލުކުރައްވާ އިލާހެވެ، އޭ ތައުބާތައް ޤަބޫލުކުރައްވާ އިލާހެވެ، އޭ ފޮރުވިފައިވާ ކަންތައްތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ، އޭ  ފިތުނަތަކާއި މުސީބާތްތައް ފިއްލަވާ ރަސްކަލާނގެއެވެ.

މިއަދު އޮންލައިން