"މީސްތަކުން ޢައުރަ ނިވާކުރިޔަ ނުދޭން އުޅޭމީހުންނަކީ ޙިސާބު ބެއްލެވޭ ދުވަސް އަންނާނެކަން ހަނދާން ނައްތާލާފައިވާ ބަޔެއް. އެފަދަ މީހުންނަށް ގަދަފަދަ ޢަޛާބު ޤިޔާމަތް ދުވަހުން ލިބޭނެ. ﷲ އަށް ބިރުވެތިވެ، ތިޔަ ޝައިޠާނީ ޢަމަލު ހުއްޓާލާކަށް ނުވޭތޯ؟"
މިބަސްފުޅާއެކު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ހާމަކުރައްވާފައިވަނީ ޞޯދް ސޫރަތުގެ 26 ވަނަ އާޔަތެވެ!
"އޭ ދާވޫދުގެފާނެވެ! ހަމަކަށަވަރުން، ބިމުގައި ޚަލީފާއެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި ޙައްޤު ގޮތުގައި ޙުކުމްކުރައްވާށެވެ! އަދި އަމިއްލައެދުމަށް ކަލޭގެފާނު ތަބަޢަވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު ﷲ ގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން، ﷲ ގެ މަގުން އެއްކިބާވާމީހުން (ދަންނާށެވެ!) ޙިސާބްބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ ޢަޛާބް ހުށްޓެވެ." (ޞޯދް: 26)
ޙަޤީޤަތަކީ:
ރާއްޖޭގެ ރަށްތަކުގައި އަޢުރަ ނިވާނުކޮށް އުޅޭތީ އޭޕީގެ ޢިލްމުވެރިން ހޯމް މިނިސްޓަރާ ބައްދަލުކޮށް ކަންބޮޑުވުން ފައުޅުކުރީމާ ކޮންމެ ގެއަކީ ގެސްޓް ހައުސަކަށް ހަދައި ނިވާކަން ކުޑަކޮށް ގެތަކުގައި އުޅެ އެގޭގެ ކުދި ދަރިންނަށް އެގޮތް ދަސްކޮށްދޭން ސަރުކާރުން މަޝްރޫޢުތައް ތަޢާރަފްކޮށް ހިންގަން ފެށިކަމެވެ. ހުޅުމާލޭ ގޮނޑުދޮށަށް ބަރަހަނާ ޙާލުގައި މޫދަށް އެރުމުން އަޅާނުލައި ދޫކޮށްލާ ކަމެވެ.
އެންމެ ބޮޑު ޙަޤީޤަތަކީ:
ޝައިޠޯނާއަށް ހިންގައިދޭ ސަރުކާރަކުން ﷲ ތަޢާލާއަށް ބިރުވެތިނުވާނެކަމާއި އިސްލާމް ދީން ނަ އްތާލަން މަސައްކަތްކުރާނެ ކަމެވެ.
މީސްތަކުން ޢައުރަ ނިވާކުރިޔަ ނުދޭން އުޅޭމީހުންނަކީ ޙިސާބު ބެއްލެވޭ ދުވަސް އަންނާނެކަން ހަނދާން ނައްތާލާފައިވާ ބަޔެއް. އެފަދަ މީހުންނަށް ގަދަފަދަ ޢަޛާބު ޤިޔާމަތް ދުވަހުން ލިބޭނެ. ﷲ އަށް ބިރުވެތިވެ، ތިޔަ ޝައިޠާނީ ޢަމަލު ހުއްޓާލާކަށް ނުވޭތޯ؟ pic.twitter.com/tOOsKYu1Yn
— Dr.Mohamed Iyaz (@dr_iyaz) April 2, 2023