ހާރުކެއުން ސުންނަތާ އެއްގޮތަށް ފަސްކުރާށެވެ! ރޯދައަށް ހުންނައިރު ވަރުބަލިކަން އިޙްޞާޞްވުން ކުޑަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ހާރުކެއުން ސުންނަތާ އެއްގޮތަށް ފަސްކުރާށެވެ! ރޯދައަށް ހުންނައިރު ވަރުބަލިކަން އިޙްޞާޞްވުން ކުޑަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ހާރު ކެއުމަށްޓަކައި މުހިންމީ ގިނަ ބާވަތްތައް ހިމެނޭ ބޮޑު ކެއުމެއް ކައިގެން އަވަހަށް ނިދުމެއް ނޫނެވެ. ކިތަންމެ ލުއި، އާދައިގެ ކެއުމެއް ނަމަވެސް ސުންނަތް ވަގުތު، ފަޖުރުލުމާއި ވީހައި ގާތްކޮށް ހާރު ކެއުމުގައި މާތް ﷲ ލައްވަވާ ބަރަކާތް މާވަރުގަދަވާނެ އެވެ.

އަޅުގަޑުމެން ނުކައި ރޯދައަށް ތިބެނީ ނުވަތަ ރޯދަ ހިފަނީ މާތްﷲގެ މަތިވެރި ހަޟްރަތުން ޘަވާބާއި ދރުމަ އެދިގެން އެކަމުގެ ބޭނުމުގައެވެ. އެހެންކަމަށްވާއިރު ތިމާ ކުރާ ކޮންމެ އަމަލެއްވެސް ކުރަންވާނީ ހިތް ނިޔަތް މާތްﷲ އަށް ޚާލިޞްކޮށް، މާތްﷲ އެންގެވި ގޮތުގައެވެ.

"މާތްﷲ އެންގެވި ގޮތްތައް އަޅުގަނޑުމެންނަށް މިފެންނަނީ ކައުއިތުރު ރަސޫލާ މުޙައްމަދު (ﷺ)ގެ ސުންނަތުން. ރަމަޟާން މަހު ކާންވީ ވަގުތުތައްވެސް އެއޮތީ ސުންނަތުން ހާމަވާން. މަތިވެރި ޙިކުމަތަކަށްޓަކައި މެނުވީ ކައު އިތުރު ރަސޫލާ މުޙައްމަދު ﷺ ހަމަ އެއްވެސް ކަމެއް ނުކުރައްވަވާނެ. އެހެނީ ކައުއިތރު ރަސޫލާ މުޙައްމަދު (ﷺ) ކުރެއްވެވި ކޮންމެ ކަމެއް ކުރައްވަވާފައިވަނީ މާތްﷲގެ އެންގެވުމަށް. ހާރު ކެއުން ވީހައި ފަސްކުރުމަށް ސުންނތުގައި އެއޮތީ އެކަމަށް މާތްﷲ އެންގެވުމުން. އެހެން ނޫނީ ސުންނަތުގައި އެކަމެއް ނުއޮންނެ."

ހަށިގަނޑުގައި ވަރުޖެއްސުމުގެ ބޭނުމުގައި ކިތަންމެ މޮޅު ތަކެތި ކިތަންމެ ގިނައިން ކެއި ނަމަވެސް އެކަމުން ހަށިގަޑަށް ފައިދާ ކުރާނެ މިންވަރު ކަނޑައަޅުއްވަވަނީ ﷲ ތަޢާލާއެވެ. އެކަމުން ހަށިގަނޑަށް ފައިދާކުރާނީ ﷲ ތަޢާލާ މިންވަރު ކުރެއްވެވި ވަރަކަށެވެ. ހާރުކެއުމުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ސުންނަތާއި އެއްގޮތަށް އަމަލުކުރުމުންނެވެ. އެހެންކަމުން ހާރުކެއުމުގެ ފައިދާ ހަށިގަނޑަށް ކުރާނީ ސުންނަތުގައިވާފަދައިން ވީހައި ލަސްކޮށް ހާރުކެއުމުންނެވެ.

"ކޮންމެހެން ނުޖެހޭނެ ނިދާފައި ތެދުވެ ގިނަ ސާމާނުތަކެއް ނުކެވިދާނެތީ ކަންބޮޑުވާކަށް. ހަމަ ލުއިލުއި އެއްޗެއް ކައިލުމަށްފަހު ފެން ފޮދެއް ބޯލުމުން ސުންނަތް ހާޞިލުކުރެވުނީ. މުހިންމީ ސުންނަތަށް އަމަލުކުރުން.."

ރޯދަ ހިފަނީ މާތް ﷲ އަށްޓަކައިކަން ހިތުގައި ބާއްވައިގެން ރޯދަ ހިފާމީހަކަށް އެއީ އެއްވެސް ބުރަކަމެއް ނޫނެވެ. އަދި ތިމާ ރޯދަ މިހިފަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުންކަން ޙޯދަންކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހަކު މިފަދަ މަތިވެރި ސުންނަތެއް ދޫކޮށެއް ނުލާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

ހާރު އެއިގެ ވަގުތުގައި ކެއުމަކީ ވަރަށް މަތިވެރި ސުންނަތެކެވެ. އެކަމުގެ ސަބަބުން ޙާޞިލުވާ ފައިދާތައްވެސް ވަރަށް ގިނަ އެވެ. އެހެންކަމާއިއެކުވެސް ހާރު ނުކައި ރޯދަ ހިފާ މީހުންވެސް އުޅެއެވެ. އަދި ހާރު ކެއުމަކީ އެމީހަކު ނިދަން ބޭނުންވާ ވަގުތުގައި ކުރާ ކަމަކަށް ހަދައިގެން ހާރުކާ ބައަކުވެސް އުޅެއެވެ.

އެހެންކަމުން މިގެނެސްދިނީ ހާރުކެއުމާއި އެކަމުގެ ވަގުތާއި އެ ވަގުތު ހާރު ކެއުމުން ލިބޭ ބައެއް ފައިދާ ބަޔާންކުރައްވަވައި މުފްތީ މެންކް ދެއްވަވާފައިވާ ދަރުސެއްގައި ވިދާޅުވެފައިވާ ބައެއް ވާހަކަފުޅުތަކެވެ.

 

މިއަދު އޮންލައިން