ކައިވެނިކުރުން ދަތިވެފައިވާމީހުންނަށް ޝައިޚް ޝާފިޢުގެ ނަޞޭޙަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކައިވެނިކުރުން ދަތިވެފައިވާމީހުންނަށް ޝައިޚް ޝާފިޢުގެ ނަޞޭޙަތެއް!

އިސްތިޣްފާރު ކުރުމުގެ ސަބަބުން ދަރީން ލިބެއެވެ. އެކަން އެހެން ވާނަމަ، ހަމަ ޔަޤީނުންވެސް އެކަން ޙާޞިލްވުމުގެ ސަބަބު މެދުވެރިވާނެއެވެ. އެއީ ކައިވެންޏެވެ. އެހެންކަމުން ކައިވެނި ކުރަން ދަތިވެފައިވާ މީހާގެ މައްޗަށް އޮތީ ވީހާ ގިނައިން، ރެއާއި ދުވާލު އިސްތިޣްފާރު ކުރުމެވެ. އަދި ހަމަ އެއާއެކު، ހެޔޮ ލަފާ ޞާލިޙު ފިރިއެއް/ އަންބެއް ދެއްވުން އެދި ދުޢާކުރުމެވެ. (ބައްލަވާ "تفسير ابن كثير" (8 /233)

މިއީ ތަފާތު ސަބަބުތައް މެދުވެރިވެ ކައިވެނި ނުކުރެވިފައި އެތައް ބައަކު ތިބިއިރު އެކަމަށް އޮތް އެއް ޙައްލަކީ އިސްތިޣްފާރުކުރުންކަން ބަޔާންކުރައްވައި ޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވެފައިވާ ބަސްފުޅެކެވެ.

މިބަސްފުޅާއިއެކު ވިސްނާލަން އޮތް ކަމަކީ ބައިވެރިއަކު ލިބުމަކުން އަދި އެއްވެސް ކަމެއް ޙައްލުވީ ނޫންކަމެވެ. ހަމަޖެހުން ލިބެން އޮތީ ހެޔޮލަފާ ބައިވެރިއަކު ލިބިގެނަކަމެވެ. ވީމާ ހެޔޮލަފާ، ރަނގަޅު ބައިވެރިއަކަށް އެދޭނަމަ ފުރަތަމަ ތިމާއަކީ އެފަދަ މީހަކަށްވާށެވެ!

ހިނގަމުން މިދަނީ ރަޙްމަތުން ފުރިގެންވާ ދުވަތަކާއި ރޭތަކެވެ. ރޭތަކުގެ ތެރެއިން ބައްދަލުކުރާނެ އެންމެ މަތިވެރި ރޭތަކެވެ. އެންމެ ގިނައިން ރޭއަޅުކަން ކުރަން އޮތް މޫސުމެވެ. ރޭއަޅުކަމަށްފަހު އެމީހަކު ބޭނުންވާ ކަންކަމަށް އެދި ދުޢާކުރަމުން ގެންދާށެވެ. ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

މިއަދު އޮންލައިން