ހަނދާންނެތިގެން ނަމާދުގެ ފަހު ރަކުޢަތްތަކުން ރަކުޢަތެއްގައި ފާތިޙާސޫރަތުގެ އިތުރުން ސޫރަތެއް ކިޔިއްޖެނަމަ ހަދާނީ ކިހިނަކުންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ހަނދާންނެތިގެން ނަމާދުގެ ފަހު ރަކުޢަތްތަކުން ރަކުޢަތެއްގައި ފާތިޙާސޫރަތުގެ އިތުރުން ސޫރަތެއް ކިޔިއްޖެނަމަ ހަދާނީ ކިހިނަކުންތޯ؟

ހަނދާންނެތިގެން ނަމާދުގެ ފަހު ރަކުޢަތްތަކުން ރަކުޢަތެއްގައި ފާތިޙާސޫރަތުގެ އިތުރުން ސޫރަތެއް ކިޔިއްޖެނަމަ ހަދާނީ ކިހިނަކުން؟ އަދި ހަމަފުރަތަމަ އައްތަހިއްޔާތުގައި ފަހު އައްތަހިއްޔާތު ކުރިއަށް ގެންދަނިކޮށްހަނދާންވެ ތެދުވެ ފަހުދެރަކުއަތް ފުރިހަމަކޮށް ސަލާންދީފިނަމަ ނަމާދަށްއުނިކަމެއް އަންނާނެތަ  ނުވަތަ ކުށު ސަޖިދަ ކުރަންޖެހޭނެތޯ؟  

ޖަވާބު: ހަނދާންނެތިގެން ނަމާދުގެ ފަހު ރަކްޢަތްތަކުން ރަކްޢަތެއްގައި ފާތިޙާ ސޫރަތުގެ އިތުރުން ސޫރަތެއް ކިޔެވުމަކުން ނަމާދަކަށް އުނިކަމެއް –އިންޝާ ﷲ- ނާންނާނެއެވެ. ކުށުސަޖިދަ ޖަހާކަށްވެސް ނުޖެހޭނެއެވެ.

އަޅުގަނޑަކީހެނދުނު 08:00 އަށް އޮފީހަށް ދާ މީހަކީމެވެ. އެހެންވެ އަޅުގަނޑު ޟުހާނަމާދުކުރަނީ އޮފީހަށް ދިއުމުގެ ކުރިން ހެނދުނު 7:30 އެހާ ކަންހާއިރެވެ.  އަޅުގަނޑުގެ ސުވާލަކީ އެގަޑީގައި ޟުހާނަމާދު ކުރުން ރަގަޅު ވާނެތޯ ؟

އިރުއެރުމަށްފަހު ގާތްގަޑަކަށް ފަނަރަވަރަކަށް މިނިޓްފަހުން ޟުޙާ ވަގުތުވަންނާނެއެވެ.والله أعلم.

އިތުރު 2 ސުވާލު: 

އެއްވެސް ދަރިޔަކު މަޔަކު ބަފަޔަކު ނެތް، އެކަމަކުވެސް މަސައްކަތްކޮށްގެން ފައިސާ ހޯދާ ބޭބެއެއްގެ އަތުން ދަރަންޏަށް ފައިސާ ނަގާފައިއެދަރަނި އަޅުގަނޑު އަދާނުކޮށްދެނީސް އެބޭބެ ނިޔާވެއްޖެނަމަ ދަރަނިއަދާކުރާނެ ގޮތަކީ ކޮބައިތޯ؟ 

ޖަވާބު: ބޭބެ އަތުން ދަރަންޔަށް ނަގާފައިވާ ފައިސާ ނުދެއްކި އުޅެނިކޮށް ބޭބެ ނިޔާވެއްޖެނަމަ ބޭބެ ގެ އަނބިމީހާ އަތަށް ނުވަތަ އެނޫންވެސް ވާރުތަވެރިންގެ ތެރެއިން އެންމެ އިސްކޮށް ހުރި މީހަކަށް ޙަވާލުކުރާނީ އެވެ. والله أعلم.

ކުއްޖާވިހޭ ރަށްނޫން އެހެން ރަށެއްގައި ނަންކިއުމާއި ބަކަރި ކަތިލައި ފަގީރުންނަށް ޞަދަގާތް ކުރެވިދާނެތޯ؟ ނޫނީ ކުރަންޖެހޭނީ އެކުއްޖާ ވިހޭރަށެއްގައިތޯ؟ ހަމައެކަނި ނަންކީދާނެތޯ އެކުއްޖާ އުފަންވި ރަށުގައި؟ކުއްޖާއަށް ނަންކިޔާއިރު މާލޫދު ކިޔަންޖެހޭތޯ؟ މިކަންތައް ދީނުގައިއޮންނަގޮތެއް އޮޅުންފިލުވައިދެއްވުން އެދެން.   

ބޮޑަށް ރަގަޅީ ކުއްޖާގެ ބައްޕަގެ އަތުން ބަކަރި ކަތިލާ ރަށުގެ އަހުލުވެރިންނަށް ކާންދިނުމެވެ. އެހެންނަމަވެސް، ރަށުން ބަކަރި ލިބުން ދަތިވެއްޖެނަމަ، އެހެން ރަށެއްގައި ކަތިލުމަކުން މައްސަލައެއް ނެތެވެ.

ކުއްޖާއަށް ނަން ކިޔާ އިރު މައުލޫދު ކިޔާކަށް ނުޖެހޭނެއެވެ. والله أعلم.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން