ތިމާއަށް ހިތްހަމަޖެހުން ލިބޭނެކަމަށް އަނބިމީހާއަށް ނުބައި ބަސްތައް ބުނާނަމަ އަމިއްލަ ހިތުގަ އަލިފާން ރޯވުން ނޫންކަމެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ތިމާއަށް ހިތްހަމަޖެހުން ލިބޭނެކަމަށް އަނބިމީހާއަށް ނުބައި ބަސްތައް ބުނާނަމަ އަމިއްލަ ހިތުގަ އަލިފާން ރޯވުން ނޫންކަމެއް ނުވާނެ!

ބައެއް ފިރިން މަސައްކަތް ނިންމާފައި ނުވަތަ އެކުވެރިންނާއިއެކުގައި އުޅެފައި އެނބުރި ގޮސް ގެއަށް ވަންނަނީ ވަރަށް ބުރަ ލަގެޖެއް ކޮނޑަށް އަރުވައިގެންނެވެ. އެއީ މުޅި ދުވަހު ކުރިމަތިވި މައްސަލަތަކެވެ. އެހެން މީހުން ތިމާއަށް ބުނި ނުބައި ބަސްތަކެވެ. އެދުވަހު ނިންމަންޖެހޭ މަސައްކަތްތަކުން ނުނިންމި ހުރި ބަސްތަކެވެ. 

މިކަންކމުގެ އިތުރުން އިތުރުން އެންމެ ބޮޑުބުރަވެސް ބުނެލާނަމެވެ. ވަރަށް ސިއްރުންނެވެ! އެއީ "ވަގު ލޯބިވެރިޔާގެ ކިބައިން ލިބުނު ހިތްހަމަނުޖެހުންތަކެވެ. ކުރިން ބުނި ހުރިހާކަންކަމަށްވުރެ ފަހުން މިބުނި ކަންތަކުގެ ބުރަކަން މާބޮޑުވާނެއެވެ. 

މިހުރިހާ ބުރަތަކެއް ކޮނޑުޖަހައިގެންގޮސް ގެއަށް ވަދެވުމާއިއެކު ފުރަތަމަވެސް ވަރުބާލައިލެވެނީ މުޅި ދުވަހު ތިމާގެ ޚިދުމަތުގައިހުރި އަނބިމީހާއަށެވެ. ގޭގެ މަސައްކަތް ކުރުމުގައެވެ. ކެއްކުމުގައެވެ. ދަރިންބެލުމުގައެވެ. ދައުހެދުން ދޮވެ އިސްތިރިކުރުންފަދަ ކަންކަމުގައެވެ. 

އެއްބައި ފިރިން އަނބިންނަށް ނުބައިބަސްތައް ބުނަންފަށާނެއެވެ. ދަރިއަކު ގާތްވެއްޖެނަމަ ކޮއްޕައި ދުރަށްލާނެއެވެ. އަނެއްބައި ފިރިން އަނގަބަންދުކޮށްގެން އިނދެއެވެ. މަންމަނެއް ފަދައިންނެވެ. ކުރާ ސުވާލަކަށްވެސް ޖަވާބުނުދީއިނދެއެވެ. 

މިދައްކާ ވާހަކަތައް އަޑުއެހިނަމަވެސް ނުއެހިނަމަވެސް މިދެގޮތުންކުރެ ކޮންމެ ގޮތަކަށް ޢަމަލުކުރިނަމަވެސް އެއީ އަނބިމީހާއަށާއި ދަރިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. 

ވިސްނައިލާށެވެ! މުޅި ދުވަހު އެމީހުން (އަނބިމީހާ އާއި ދަރިން) އެތިބީ ތިބާގެ އިންތިޒާރުގައެވެ. ގެއަށް އަންނާނެ ވަޤުތުގެ ވަޤުތުގެ އިންތިޒާރުގައެވެ. ތިބާ އާއި ވާހަކަ ދައްކާލައި އުފާކޮށްލުމުގެ އިންތިޒާރުގައެވެ. އެހެން ތިއްބައި އައިސް ގެއަށް ވަންނަ ގޮތަށް ކުރިން މިބުނި ގޮތަށް ކަންކަން ކުރުމުން އެކަންވާނީ ކުރާ ބޮޑު އަނިޔާއަކަށް ނޫން ދެން ކޮން ކަމަކަށް ހެއްޔެވެ؟ 

ލޮބުވެތި އެކުވެރިންނޭވެ! މިބުނި ގޮތަށް ކަންކަންކުރާނަމަ އެކަން ﷲ ތަޢާލާ ދެނެވޮޑިނުގަންނަވާނީހެއްޔެވެ؟ ޙައްޤު ޢުޤޫބާތް ނުދެއްވަވާނެ ކަމަށް ހީކުރަނީހެއްޔެވެ؟ ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ޖެހޭނީ ﷲ ތަޢާލާގެ ރުހިވޮޑިނުގަތުމާއި ކުރިމަތިލާށެވެ. ވަޤުތުޖެހުމުން މެދުވެރިވާނީ އެންމެ ދެރަގޮތެވެ. ތިމާ އެންމެ ބޭނުން ނުވާ ޙާލަތު ކުރިމަތިވާނެއެވެ. ކުރަން އެންމެ ބޮޑަށް އެދިއެދި ހުރި ކަންކަން ކާމިޔާބުނުކުރެވި ފޭލްވެގެންދާނެއެވެ. އެހިސާބުން އަމިއްލަ ހިތުގައި އަލިފާން ރޯވެ އަނދަންފަށާނެއެވެ. 

ޢިބްރަތް ޙާޞިލުކުރާށެވެ! ފުރުޞަތުގެ ބޭނުން ހިފާށެވެ! އެންމެ މަތިވެރި މީހަކީ އަނބިމީހާއަށް، ޢާއިލާއަށް އެންމެ ހެޔޮ މީހާކަމަށްވާއިރު އެކަމުން ލިބެން އޮތް މަތިވެރިކަން ނަގައިނުލާށެވެ! 

އެއްވެސް ޙާލެއްގައި މިވާހަކަކޮޅު ނިޞްބަތް މިކުރީ އެންމެ މަތިވެރި މީހާކަމަށްވާން މަސައްކަތްކުރާ ހެޔޮލަފާފިރިންނަކަށް ނޫނެވެ. ބަޔާންކުރިފަދައިން ނުބައިކޮށް ޢަމަލުކުރާ ފިރިންނަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން