އެކަނި ދިރިއުޅޭނަމަ، ނުވަތަ ނަމާދުކުރާ ވަޤުތު ދަރިފުޅު ބަލައިދޭނެ މީހަކު ނެތި ނަމާދަށް ހުއްޓައި ދދަރިފުޅު ވެއްޓި އަނިޔާވުން ފަދަ ކަންކަން މެދުވެރިވެއެވެ. އެޙާލަތުގައި ކުއްޖާ ރޯން ފަށައެވެ. އެހެންކަމުން ސުވާލަކީ އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އޮތީ ކޮންގޮތެއްތޯއެވެ؟
މިޘާލަކަށް ނަމާދާއިއެކު ކުރިއަށްގޮސް ނަމާދުފުރިހަމަކުރާނީތޯއެވެ؟ ނޫންނަމަ ނަމާދު ދޫކޮށްލައި ދަރިފުޅަށް ސަމާލުކަންދޭނީތޯއެވެ؟
ޖަވާބަކީ ނަމާދުދޫކޮށްލައި ދަރިފުޅަށް އަޅައިލާނީއެވެ. ފަހުން އެނަމާދުކުރާނީއެވެ.
އިތުރު 2 ސުވާލު:
ނަމާދުކުރާއިރު ބައެއްފަހަރު ހަނދާންނެތިގެން އެއްސޫރަތެއް ދެރަކުޢަތުގައިކިއިއްޖެނަމަ ނަމާދު ސައްހަވާނެތޯ؟އަދި މިގޮތަށް ވެއްޖެނަމަ ދެން ކަންތައްކުރަންވީ ގޮތަކި ކޮބައިތޯ؟
ނަމާދުގައި އެއް ސޫރަތެއް ތަކުރާރު ވުމަކުން ނަމާދު ބާޠިލެއް ނުވާނެއެވެ. އަދި އެގޮތަށް ދިމާވެއްޖެނަމަ އިތުރު ކަމެއް ކުރާކަށްވެސް ނުޖެހޭނެއެވެ. واللهأعلم.
ނަމާދުކުރަމުންގޮސް އެންމެފަހުރަކުއަތާ ޖެހުނުފަހުން ނަމާދުގެ އެއްރަކުއަތް ނުކުރެވޭކަން ހަނދާންވެއްޖެނަމަ ދެންހަދާނީކިހިނެއްތޯ؟
ސުވާލުގައިވާ ފަދަ ކަމެއްދިމާވެއްޖެ ޙާލަތެއްގައި މަދުވި ރަކްޢަތް ހަމަކުރާނީއެވެ.واللهأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް