މިއީ ބަރަކާތްތެރި ރަމަޟާން މަސްކަމުގައިވުމުން ގިނަ ބައަކު ޞަދަޤާތް ކުރެއެވެ. ވީމާ ކުރާ ޞަދަޤާތަކީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ގޮތުގައި ކުރެވޭ ޞަދަޤާތެއްކަމުގައި ހެދޭތޯ ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ.
މިކަމުގައި ޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވެފައިވަނީ މިފަދައިންނެވެ. :
ރިބާ ހިމެނޭ ލޯނެއް ނަގައިގެން އޭގެން ކުރާ ޞަދަޤާތް ﷲ ތަޢާލާ ޤަބޫލު ނުކުރައްވާނެ އެއީ ޙަރާމް އެއްޗަކަށް ވާތީ. ޙަދީޘްގައިވަނީ
( لاَيَقْبَلُ اللهُ صَلاَةً بِغَيْرِ طُهُورٍ وَلاَ صَدَقَةً مِنْ غُلُولٍ) [رواه مسلم ]
މާނައީ: "ވުޟޫ ނެތި ކުރާނަމާދެއް ﷲ ތަޢާލާ ޤަބޫލުނުކުރައްވައެވެ. އަދި ޚިޔާނަތުން ހޯދާފައިވާ މުދަލުން ކުރާ ޞަދަޤާތެއްވެސް މެއެވެ."
- ޝައިޚް މުޙައްމަދު ޝާފިޢު