ރޯދަ ހިފުމަކީ ތަކްލީފެކެވެ! އެހެނަސް ސުވަރުގެ ލިބުމަށް ދަހިވެތިވާ މީހާއަށް ރޯދަ ހިފުން ވާނީ އުފަލަކަށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ރޯދަ ހިފުމަކީ ތަކްލީފެކެވެ! އެހެނަސް ސުވަރުގެ ލިބުމަށް ދަހިވެތިވާ މީހާއަށް ރޯދަ ހިފުން ވާނީ އުފަލަކަށެވެ!: މުފްތީ މެންކް

އިޚްލާޞްތެރިކަމާއިއެކު ކަންކަން ކުރާނަމަ ބުރަ އުފުލަން ޖެހޭނެ އެވެ. ބުރަ އުފުލަން ޖެހޭނެއެވެ. ވޭންވެސް އަޅާނެއެވެ. އެކަމުގެ ލަކުނުތައް ހަށިގަނޑުގައިލާނެއެވެ.

އަހަރެމެން ދުނިޔޭގައި މިހޭދަކުރާ ކޮންމެ ވަގުތުކޮޅަކީވެސް ހެޔޮ އަމަލެއް ނޫނީ ނުކުރަން ގަދައަޅައި މަސައްކަތްކުރާ ވަގުތުކޮޅަކަށް ހަދާށެވެ. އެންމެ ކުޑަމިނުން އާފުރިލާ ވަގުތުކޮޅުވެސްމެއެވެ. މާނައަކީ އެހައި ކުޑަ ވަގުތު ކޮޅެއްވެސް ބޭކާރުކޮށް ނުލާށެވެ.

މިފާހަގަކޮށްލީ ކޮންމެ ރޯދަވެރިއަކުވެސް ވިސްނައިލުން ރަނގަޅު ބައެއް ކަންކަމެވެ. ރޯދައަށް ހުރުމަކީ ތަކުލީފެކެވެ. ރޯދަ ވެރިންނަށް ދެއްވަވާ ނިޢްމަތްތައް އެހައި ގިނަގުނަވެފައިވެފައި ދަރަޖަ މަތިވެރިވެގެންދަނީ ވެސް އެކަމުގެ ތަކްލީފް ބޮޑުކަމުންނެވެ. ވީމާ ރޯދައަށް ހުންނަ ކޮންމެ ވަގުތުކޮޅަކީވެސް ރޯދަ ކާމިޔާބުކުރަން ގަދައަޅައި މަސައްކަތްކުރާ ވަގުތުކޮޅަކަށް ހަދާށެވެ! ނަތީޖާ ފޮނިވާނެއެވެ. އިން ޝާ ﷲ!

ސުވަރުގެ ލިބުމަށް ދަހިވެތިވާ މީހާއަށް ރޯދަ ހިފުމަކީ ތަކްލީފަކަށް ނުވާނެއެވެ! ވާނީ އުފަލަކަށެވެ! އެހެނީ އެމީހާގެ ކުރިމަތީގައި ސުވަރުގެ ލިބުމަށްވުރެ މުހިންމު އެއްވެސް ކަމެއް ނުއޮންނާނެތީއެވެ!

ރޯދަ ހިފުމަށްޓަކައި ރޯދައަށް ބަހައްޓަން ޖެހޭނީ ހަމައެކަނި ބަނޑެއް ނޫނެވެ. ހަމައެކަނި ބަނޑު ރޯދައަށް ބަހައްޓައިގެން ރޯދައެއް ނުހިފޭނެއެވެ. ކަންފަތުން އަހާ އަޑުތަކާއި ލޮލުން ބަލާ މަންޒަރުތަކާއި ދުލުން ދައްކާ ވާހަކަތައް ވެސް ރޯދަހިއްޕުވަން ޖެހެއެވެ. ރޯދައަށް ހުރެ ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެންމެ އަމަލެއްވެސް ނުކުރާށެވެ. ވީމާ ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއްވެސް ރޯދަ ހިއްޕުވަން އެބަ ޖެހެއެވެ.

ސުވަރުގެ ދާން ބޭނުންވާ މީހާއަށް ހުޅުވިފައިވާ މަގުތައް ވަރަށް ގިނައެވެ. ރޯދަ ހިފުމަކީވެސް އެއިގެ ތެރެއިން އެއް މަގެވެ. ވީމާ ލިބިފައިމިވާ ރަނުގެ ފުރުޞަތު ނަގައި ނުލާށެވެ. ރޯދަ ހިފައިގެން ހުންނަ ދުވަސްތަކާއި ރޯދަ ނުހިފާ ދުވަސްތައް އެމީހެއްގެ އަމަލުތަކުން ތަފާތުކުރަންވާނެއެވެ. ނޫން ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން