ރަސޫލް (ޞޢވ) ގެ ސުންނަތުން ކޮންމެހެން ދަސްކުރަންޖެހޭ ބައެއް އާދަތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ރަސޫލް (ޞޢވ) ގެ ސުންނަތުން ކޮންމެހެން ދަސްކުރަންޖެހޭ ބައެއް އާދަތައް!

ރަސޫލް ﷺ ޒުވާން ޞަޙާބީންގެ ލޯބި ހޯއްދެވީ އެއްވެސް މިންވަރަކަށް މަތިވެރިކަން ނުދައްކަވައި އެބޭކަލުންގެ ތެރޭގައި އެބޭކަލުން ފަދައިން އިންނަވައިގެންނެވެ. އަދި އެބޭކަލުން ކުރައްވަން ބޭނުންފުޅުވާހައި ކަންކަން ކުރެއްވުން ހުއްދަކުރައްވައިގެނެއްވެސް ނޫނެވެ. ދީނުގައި މަނާ ކޮންމެ ކަމެއް މަނާކުރައްވަވައެވެ. ހުއްދަ ކަންކަން ކުރައްވަން ހިތްވަރުފުޅު ދެއްވަވައެވެ.

ރަސޫލް ﷺ ފަތިސްނަމާދުކުރެއްވެވުމަށްފަހު ޟުޙާ ނަމާދު ވަގުތު ޖެހެންދެން ޛިކުރްކުރެއްވުންމަތީގައި މަޑުކުރައްވަވަތެވެ. ވަގުތުވުމުން ޟުޙާ ނަމާދުކުރައްވަވައި މިސްކިތުގައި ތިއްބަވާ ޞަޙާބީންގެ ޖަމާޢަތްތަކަށް ވަޑައިގެން އެމަޖިލިސްތަކުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރަސޫލް ﷺ ގެ ޝަރަފުގައި ކޮޅަށް ތެދުވުން މަނާކުރައްވަވައެވެ. ޖަމާއަތުގައި އިށީނދެވަޑައިގަންނަވަނީ އެންމެ ކުރިއަކުނޫނެވެ. ހުރި ހުސްތަނެއްގައެވެ. އެޖަމާޢަތުގައި ތިބި އެންމެންނަށް ސަމާލުކަން ދެއްވަވައެވެ. އެއްވެސް ޞަޙާބީއަކަށް ތަފާތުކުރެއްވެވުމެއް ނެތިއެވެ.

އިށީނދެވަޑައިގަތުމަށްފަހު ދައްކަވަނީ ހަމައެކަނި ދީނުގެ ވާހަކަފުޅުތަކެއް ނޫނެވެ. އެޖަމާއަތެއްގައި ދައްކަމަމުން ގެންދާ ވާހަކައަކާއި ގުޅުއްވައިގެންނެވެ. އެޖަމާޢަތުގައި ދުނިޔޭގެ ވާހަކަ ދައްކާނަމަ އެ މައުޟޫއަށްވެސް ވާހަކަފުޅުދައްކަވަތެވެ.

--އިމާމް ޢުމަރު ސުލައިމާންގެދަރުސަކުން

މިއަދު އޮންލައިން