ވުޟޫކުރަން ފަށާއިރަށް އިބިލީސް އުނދަގޫކުރަންފަށާނެ! ޙައްލުކުރަން މިމަގުން ޢަމަލުކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ވުޟޫކުރަން ފަށާއިރަށް އިބިލީސް އުނދަގޫކުރަންފަށާނެ! ޙައްލުކުރަން މިމަގުން ޢަމަލުކުރޭ!

ރޯދައަށް ހުރުމަކީ ހަނދާން ނެތުމުގެ މައްސަލަ ގިނަބައަކަށް ކުރިމަތިވާ ކަމެކެވެ. ހަނދާން ނެތުމުގެ މައްސަލަ ކުރިން ނުހުންނަ މީހުންނަށްވެސް އެކަން ކުރިމަތިވެއެވެ. ހަނދާން ނެތުމުގެ މައްސަލަ ހުންނަ މީހުންނަށް އެކަން ބޮޑުވެގެންވެސް ދެއެވެ.

މީހުން ވުޟޫކުރާނީ އަޅުކަންކުރަންކަން އިބިލީހަށް އެނގޭނެއެވެ. ވީމާ ކުރާ ވުޟޫ ޞައްޙަވިއަ ނުދޭން އިބިލީސް މަސައްކަތްކުރާނެއެވެ.

ވުޟޫކޮށް ނިމެން ކައިރިވެފައި ހުއްޓައި ކުރިން ކުރަންޖެހޭ ކޮންމެވެސް ކަމެއް ނުކުރެވި އޮތްކަމަށް ބުނެ ދޮގުވެސް ހަދާނެއެވެ. އެއީ ވުޟޫކުރުމުގައި ގިން ވަޤުތު ހޭދަ ކުރުވައި ލަސްކުރުވުމަށެވެ. ޚާއްޞަކޮށް ޖަމާޢަތް ފެށެންވާއިރަށްވެސް ނިމުނަ ނުދޭށެވެ.

އިބިލީހުގެ އުނދަގޫ ފޯރަން ފަށާނީ ހަމައެކަނި ނަމާދަށް ޙަރަމްބަނުމަކުން ނޫނެވެ. ނަމާދަށްދާން ހިތަށް އެރުވީންސުރެ އުނދަގޫކުރާނެއެވެ. ވުޟޫކުރަން ފެށުމުން ވަކިން އުނދަގޫބޮޑުކުރާނެއެވެ. އެގޮތުން އަވަސްކޮށްލަން ނުއުޅުމަށާއި ލަސްކޮށްލަން ބުނާނެއެވެ. ބައެއް ގުނަވަންތަކަށް ފެންލައި ނިންމާފަހުން އެތަނުން ގުނަވަނެއްގައި ފެން ނުޖެއްސޭކަމަށް ވިސްނައިދީ އޮޅުވައިލަންވެސް މަސައްކަތްކުރާނެއެވެ.

މިފަދަ ޙާލަތު މެދުވެރިވުމުން އޮތީ އަލުން ފަށައިގެން ވުޟޫކުރުމެއް ނޫނެވެ. ފެންލެވުނުކަން ޔަޤީންކުރެވޭ ހިސާބުން ފެށުމެވެ. އެގޮތަށް ޢަމަލުކުރުމަކީ ތަރުތީބު އޮޅުވައިލުމެއް ނޫނެވެ. ތިބާ ވުޟޫކުރަމުން އައީ ތަރުތީބުން ކަމުގައިވުމުން އެކަން އެއޮތީ ކުރެވިފައެވެ.

އެމީހަކީ ހަނދާން ނެތުމުގެ ބަލި ޖެހިފައިވާ މީހަކުނަމަ ހަނދާން ނެތުނު ނަމަވެސް ފަހަތަށް ދިއުމެއް ނެތެވެ. ވުޟޫކޮށް ނިންމައިލަންވީއެވެ. ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެތެވެ. އެންމެ މުހިންމު އެއް ކަމަކީ ވުޟޫކުރަން ފަށާވަގުތުން ފެށިގެން ވެސް އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމެވެ. އެހެން މީހުންނާއި ބޭކާރު ވާހަކަދެއްކުމާއި ތަފާތު ޚިޔާލުތަކުން ދުރުވާން މަސައްކަތްކުރުމެވެ.

ވީހައި ފުރިހަމައަށް ވުޟޫކުރަންޖެހޭ ސަބަބަކީ ނަމާދު ޞައްހަވުން ވަނީ ވުޟޫ ޞައްޙަވުމުން ކަމުގައިވާތީއެވެ. ވީމާ ވުޟޫކުރަން ފާށާވަގުތުން ފެށިގެން އެމަސައްކަތްކުރެވެނީ ނަމާދުކުރުމަށެވެ. ތިމާއަށް އެދަނީ ޘަވާބު ލިބެމުންނެވެ. އިން ޝާ ﷲ

--މަޢްލޫމާތު: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

މިއަދު އޮންލައިން