ކައިވެންޏަށް 11 އަހަރުވާން ދާއިރު 2 ކުދިން އެބަތިބި ފިރިމީހާއަށް ކޮށްމެވެސްބަދަލުތަކެއް އަންނަހެން އަޅުގަޑަށް ފާހަގަކުރެވެއެވެ. ފަހަށްފަހަކަށްއައިސް ގޭގައި އާއިލާއާއެކު ހޭދަކުރާވަގުތު މަދުވެއެވެ. ދެންއަޅުގަޑަށް އަބަދު ޟަކުވާކުރެވެއެވެ. އަދި އަޅުގަޑަކީ ވަރަށް ރުޅިވެސްގަދަމީހެކެވެ. އެކަހަލެ ކަންތައްތަކާއި އަޅުގަޑަށް އަބަދުޖެހެނީ ފިރިމީހާއާއި ދެބަސްވާށެވެ.
އަދި ދުވަހަކުވެސް އަޅުގަޑަކަށް އެއްވެސް ކަމެއް މަނަލެއްވެސްނުކުރެއެވެ. އަޅުގަޑު ކޮންމެތަނަކަށް ކޮންމެގޮތަކަށްއުޅުނަސް އޭނާއަށް ވަރިހަމައެވެ.. މީއީވެސް ސުވާލު އުފެދޭ ކަމެކެވެ. އަދި މިފަހަކަށް އައިސް ވަރަށްއެހެންކަހަލަ ވާހަކައެއް އަޅުގަޑަށް އިވުނެވެ. އެއްޖިންސުން ގުޅުން ހިންގުމުގެވާހަކައެވެ. ތަކުރާރުކޮށް އަޅުގަޑަށް އެއަޑު އިވެންފެށުމާއާއިއެކު އަދިއެހެނިހެން ގޮތްތޮންވެސް އަޅުގަޑަށް އެކަމަށް ޝައްކުކުރެވޭތީ އޭނާއާއި އެސުވާލުކުރީމަ އޭނާގާތަށް އައީ ރުޅިއެވެ.
މިޙާލަތުގައި އަޅުގަޑު ޢަމަލުކުރަންވީ ކިހިނަކުންތޯ؟
ފިރިމީހާ އަށް ދީނީ ޢިލްމުވެރިޔަކު މެދުވެރިކޮށް ނަޞޭޙަތް ދެއްވާށެވެ. ތިޔަފަދަ ނުބައިކަމަކަށް އަރައިގަންނަކަން ޘާބިތުވެއްޖެ ނަމަ އޭނާ އާއި އެކު ދިރިއުޅުން ހޭދަ ކުރުން ރަގަޅެއް ނޫނެވެ. واللهأعلم.