ލޫޠުގެފާނުގެ ވާހަކަ- 7: ލިވާތުކުރުމުގެ ނުބައިކަން

ކިޔުމަށް ހޭދަވާނީ 3މ 50ސ
ލޫޠުގެފާނުގެ ވާހަކަ- 7: ލިވާތުކުރުމުގެ ނުބައިކަން

ޢަލީ އިޙްޞާން ފިރާޤް

 

ލިވާތުކުރުމުގެ ނުބައިކަން: 

އިމާމު ތިރުމިޒީއާއި އަބޫދާއޫދާއި އިބްނު މާޖާގައި، ޢަބްދު ބިން ޢައްބާސް ރަޟިޔަޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިއެވެ. 

"مَنْ وَجَدْتُمُوهُ يَعْمَلُ عَمَلَ قَوْمِ لُوطٍ فَاقْتُلُوا الْفَاعِلَ وَالْمَفْعُولَ بِهِ "{  الترمذي 1456 / وصححه الألباني في صحيح الترمذي} 

މާނައީ: "ތިޔައިގެ ތެރެއިން މީހަކަށް لوط عليه السّلام ގެ ޤައުމުގެ މީސްތަކުން ކުރިފަދަ ޢަމަލެއް ކުރާ ބަޔަކު ފެނިއްޖެނަމަ އެކަން ކުރާމީހާއާއި ކުރެވޭ މީހާއާ ދެމީހުން ޤަތުލު ކުރާށެވެ." 

އެއްޖިންސުން ގުޅުން ހިނގުމުގެ ނުބައި ޢަމަލު އެންމެ ފުރަތަމަ ކުރަންފެށި ބަޔަކީ، ސަދޫމުގެ މީސްތަކުންނެވެ. އެ ޢަމަލަކީ އިންސާނީ ފިޠުރަތާ މުޅިން ޚިލާފު ޢަމަލެކެވެ. ސަލާމަތް ބުއްދިޔާއި، އަގަލު ހުރި އެއްވެސް އިންސާނަކު ހިތުންރުހުމުން ޤަބޫލު ކުރާނެ ޢަމަލެއްނޫނެވެ. ސަދޫމުގެ މީސްތަކުން ކުރަމުންގެންދިޔަ މި ޢަމަލުތަކާމެދު ކައު ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم މި އުންމަތަށް ވަނީ އިންޒާރު ދެއްވައިފައެވެ. ޢަބްދު ބިން ޢައްބާސް ރަޟިޔަޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. 

"لَعَنَ اللَّهُ مَنْ عَمِلَ عَمَلَ قَوْمِ لُوطٍ ، لَعَنَ اللَّهُ مَنْ عَمِلَ عَمَلَ قَوْمِ لُوطٍ ، ثَلاثًا" { وروى أحمد 2915/ وحسنه شعيب الأرنؤوط في تحقيق المسند}

މާނައީ: " لوط عليه السّلام ގެ ޤައުމުގެ މީސްތަކުން ކުރިފަދަ ޢަމަލެއް ކުރާ ބަޔަކަށް މާތްލަޢުނަތް ލައްވާށިއެވެ. لوط عليه السّلام ގެ ޤައުމުގެ މީސްތަކުން ކުރިފަދަ ޢަމަލެއް ކުރާ ބަޔަކަށް މާތްލަޢުނަތް ލައްވާށިއެވެ. މިފަދައިން ނަބިއްޔާ صلّى اللّـه عليه وسلّم ތިންފަހަރު ޙަދީޘްކުރެއްވިއެވެ." 

الامام الذهبي އޭނާ ލިޔުއްވި الكبائر އޭ ކިޔުނު ފޮތުގައި ލިޔުއްވައިފައިވެއެވެ. ދެފިރިހެނުން އެއްޖިންސުން ގުޅުން ހިނގަން ފަށައިފިނަމަ މާތްالله سبحانه وتعالى، ގެ ކޯފާއަށް ބިރުވެތިވެ އެކަލާނގެ ޢަރުޝި ތުރުތުރު އަޅަންފަށައެވެ. އުޑުތައް ބިންމައްޗަށް ވެއްޓޭ ވަރަށް ޢަރުޝި ތުރުތުރު އަޅައެވެ. ދެން މަލާއިކަތްބޭކަލުން އުޑުތަކުގެ ކައިރިތައް ހިފަހައްޓަވައެވެ. މާތްالله سبحانه وتعالى، ގެ ކޯފާ މަޑުވެއްޖައުމަށް ދާންދެން އެބޭކަލުން ސޫރަތުލް އިޚްލާސް ވިދާޅުވަމުން ގެންދަވައެވެ.

{ الامام الذهبي، الكبائر މި ފޮތުގެ 57 ވަނަ ޞަފްޙާ}

މިއަދު އޮންލައިން