އޮނަސައްތަ އިސްމްފުޅު ކިޔައި ދުޢާކުރުމުގަ އެނގެންޖެހޭ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
އޮނަސައްތަ އިސްމްފުޅު ކިޔައި ދުޢާކުރުމުގަ އެނގެންޖެހޭ ކަންކަން-

އަސްމާޢުލް ޙުސްނާއެވެ ކިޔާފޮތުގައި ﷲގެ 99 އިސްމުފުޅު ތަކުގެތެރެއިން ކޮންމެއިސްމުފުޅެއް ވަކިއަދަދަކަށް ކިޔުމުން މިވެނިކަމެއްވާނޭވެއެވެ. މިއީސައްޙަ ހަދީސަކުން އައިސްފައިވާ ކަމެއްތޯއެވެ. އަދި ވަކިއަދަދަކަށް ކިޔުން  މިއީސައްހަކަމެއްތޯއެވެ؟:

ސޫރަތުލް އަޢްރާފްގެ 180 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلِلَّـهِالْأَسْمَاءُالْحُسْنَىٰفَادْعُوهُبِهَا ۖوَذَرُواالَّذِينَيُلْحِدُونَفِيأَسْمَائِهِ ۚسَيُجْزَوْنَمَاكَانُوايَعْمَلُونَ) 

މާނައަކީ: " އެންމެރިވެތި ނަންފުޅުތައް ملكވެގެންވަނީ، اللّهއަށެވެ. ފަހެ، އެނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ حضرةއަށް دعاءކުރާށެވެ! އަދިއެކަލާނގެ ނަންފުޅުތަކާމެދު، حقމަގުން އެއްކިބާވެ އުޅޭމީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ! އެއުރެން ކޮށްއުޅުނު ކަންތަކަށް އެއުރެންނަށްޖަޒާ ދެއްވާހުށްޓެވެ".

މިއާޔަތުން ދޭހަވާ ގޮތުގައި ﷲ ގެ އިސްމުފުޅުތައް ބޭނުންކޮށްގެން އަޅުގަޑުމެން ބޭނުން ކަމަކަށް ދަންނަވަންވީއެވެ. ދުޢާ ގައި ދަންނަވަނީ ރިޒްގު ތަނަވަސްކޮށް ދެއްވުން ކަމަށް ވަނީ ނަމަ  "ރައްޒާގު" މި އިސްމުފުޅު ބޭނުން ކުރެވޭނެއެވެ. އަދި ފާފަ ފުއްސަވައ ދެއްވުން އެދި ކަމަށް ވަނީނަމަ "ޣަފޫރު" ބޭނުން ކުރެވޭނެއެވެ. 

މިއިސްމުފުޅުތައް ވަކި ޢަދަދަކަށް ކިޔުމުން ވަކި ކަމަކުން ސަލާމަތްވާނެޔޭ ބުނާ ވާހަކަ އަކީ އެއްވެސް ދަލީލެއްގެ މައްޗަށް ބިނާވެގެން ދެކެވޭ ވާހަކަ އެއް ނޫނެވެ. واللهأعلم.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

 

މިއަދު އޮންލައިން