މަސައްކަތް ބުރަކަމުން ޛިކުރުކުރާނެ ވަޤުތު ނުލިބޭ ކަމަށްބުނާ އަންހެނުން މިމަރްޔަމް އެދައްކާ ވާހަކަ އަޑުއަހާލުން ރަނގަޅުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
މަސައްކަތް ބުރަކަމުން ޛިކުރުކުރާނެ ވަޤުތު ނުލިބޭ ކަމަށްބުނާ އަންހެނުން މިމަރްޔަމް އެދައްކާ ވާހަކަ އަޑުއަހާލުން ރަނގަޅުވާނެ!

ލޮބުވެތި ކަނބަލުންނޭވެ! ރަމަމާން މަސް އައުމުން ތިއަކަނބަލުންނަށް ކުރަންޖެހޭ މަސައްކަތްތައް ގިނަވެ ބުރަވެގެންވެސްދާނެއެވެ. އެކަނިވެރިކަމާއެކު ދިރިއުޅޭ ކަނބަލުންނަށް އިތުރަށް ބުރަބޮޑުވާނެއެވެ. އެހެންކަމާއިއެކުވެސް ޛުކުރުކުރަން ސަމާލުކަން ދޭންވާނެއެވެ.

ޛިކުރުކުރުމަކީ ހަމައެކަނި ތަނެއްގައި އިށީނދެ އިނދެގެން ކުރެވެން އޮތްކަމެއް ނޫނެވެ. އެއީ މަސައްކަތުގައި އުޅެމުންވެސް ކުރެވެން އޮތް ކަމެކެވެ. މިވާހަކަ ތަކުރާރުކޮށް ދައްކަން މިޖެހެނީ ﷲ ތަޢާލާއަށް ކުރަންޖެހޭ އަޅުކަން ނުކުރެވެނީ، އެކަލާނގެ ހަނދުމަކޮށް ޛިކުރު ނުކުރެވެނީ މަސައްކަތް ބުރަކަމުން ކަމަށް ބުނާ އަންހެނުންގެ އަޑު ރަމަޟާން މަސް އައުމުން އެތައް ގުނައަކަށް އިތުރުވެ އަޑުގަދަވެގެންދާތީއެވެ.

ރަމަޟާން މަސް އައުމުން މިފަދަ އަޑުތައް ގަދަވާތީ މި މަރްޔަމްގެ ވާހަކަ އަބަދުވެސް ކިޔައިދެމެވެ. މިއަދުވެސް އަޑުއަހާށެވެ!

"މަރްޔަމް އަކީ ކުޑަކުޑަ 4 ދަރިން ގޮވައިގެން އެކަނި ދިރިއުޅެންޖެހިފައިވާ މައެކެވެ. ތަނެއްގައި ހަމަޖެހި، އިށީނދެލައިގެން އިނދެ ޛިކްރްކޮށްލާނެ އެއްވެސް ވަގުތެއް އޭނާއަކަށް ނުވެއެވެ. އެހާލުގައި މަރްޔަމް މަސައްކަތްކުރަމުން ގެންދާއިރުވެސް އަބަދުވެސް ހުންނަނީ ޛިކްރްކުރުން މަތީގައެވެ."

އަދިވެސް މަރްޔަމް ބުނެފައިވެއެވެ.

"ނިދިން ހޭލެވުނީންސުރެ ތަނެއްގައި އިށީނދެ އޮށޯވެލަން ފުރުޞަތު ލިބެނީ ހަމަ އެކަނި ދަރިފުޅަށް ބުއްދޭ ވަގުތު އެކަންޏެވެ! އެ ވަގުތުގައިވެސް ބަލަނީ ވީހައި ގިނައިން ޛިކުރުކުރެވޭތޯއެވެ!"

މަރްޔަމް ފަދަ އެކަނިވެރި ކިތައް އަންހެނުން ދުނިޔޭގައި އުޅޭނެތޯއެވެ؟ މިހިރީވެސް ހަމަ އިންސާނުން ދިރިއުޅެމުން ގެންދާ ހާލެވެ. ގޭތެރޭ މަސައްކަތްކުރަމުން ދަރިންބަލަމުންވެސް މަރްޔަމް އެބަލަނީ ވީހައި ގިނައިން ހެޔޮ އަމަލުކުރެވޭތޯއެވެ. އިތުރު އެންމެ ހެޔޮ ޢަމަލެއްކޮށްގެންވެސް ރޯދައިގެ ޘަވާބު އިތުރުކުރެވޭތޯއެވެ! މަރްޔަމްއަށް ދެއްވަވާނެ ސަވާބާއިމެދު ނިކަން ވިސްނައިލަބަލާށެވެ!

ނަމަވެސް ހުރިހައި ކަމެއް ﷲ ތަޢާލާ ފުރިހަމަކޮށްދެއްވަވާފައި ތިބޭ ގިނަ ބައަކަށް މިއުޅެނީ ހޭލީންސުރެ ނިދަންވާއިރުވެސް ﷲ ތަޢަލާގެ މަތިން ހަނދާންކޮށްލާނެ ވަގުތެއް ނުވެގެންނެވެ. ރޯދަވީއްލަންވާއިރުވެސް އުޅެނީ ކީރިތި ޤުރްއާނުން އެންމެ އަކުރެއްވެސް ކިވަވައި ނުލުވިގެންނެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހަމަ މިވަގުތުން ފެށިގެންވެސް ވިސްނައި ފިކުރުކުރަން ފަށާށެވެ! ކިތަންމެ ދަތި ހާލުގައި އުޅުނު ނަމަވެސް ވީހައި ގިނައިން ހެޔޮ އަމަލުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރަން ފަށާށެވެ! އިސާހިތަކު ހިތްހަމަޖެހުން ލިބެންފަށާނެއެވެ! އުފާވެރިކަންވެސް ލިބެން ފަށާނެއެވެ! މަރުވުމުން ލިބޭނެ ނިޢްމަތްތައް އަދި މާގިނަވާނެއެވެ!

ފަށަމުން ރޯދަފަލަކުރުމުގެ ވާހަކަބުނީމާ އެކަމާވެސް ބައަކު ސުވާލު އުފައްދައިގެން ތިބެދާނެތީ ބުނެލަމެވެ. އެއިގެ މާނައަކީ ރޯދައަށް ބޭނުންވާ ދުޅަހެޔޮކަން ވީހައި ބޮޑަށް ހޯދައިދިނުމެވެ. އެކަންކުރެވޭނީ ރޯދައަށްހުރެ އަޅުކަންކުރިވަރަކުންނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން