ކިތަންމެ ގާތް ބައަކަށް ރޯދަވީއްލުން ދިން ނަމަވެސް ސަމާލުކަންދޭންޖެހޭނެ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ކިތަންމެ ގާތް ބައަކަށް ރޯދަވީއްލުން ދިން ނަމަވެސް ސަމާލުކަންދޭންޖެހޭނެ ކަންކަން-

ރޯދަވެރިންނަށް ރޯދަވީއްލުން ދިނުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ރަމަޟާން މަސް ދެބައިވެ ފަހުދިހައާއި ގާތްވަމުން އަންނައިރު ރޯދަވީއްލުން އިންތިޒާމުކުރާ ފަރާތްތަކުން މިކަންކަމަށް ސަމާލުކަން އިތުރުކުރަންވާނެއެވެ.

ބައަކަށް ރޯދަވީއްލުމަކަށް ދައުވަތުދޭނަމަ ބަލަންޖެހޭނެ އެއްކަމަކީ ކަން ފެށުމުގެ ކުރިން ވުޟޫކޮށް މަޣްރިބްނަމާދުކުރުމަށް މަގުފަހިކޮށްދެވޭތޯއެވެ! ރޯދަވީއްލުން އިންތިޒާމުކުރަންވާނީ ބަންގީގެ އަޑު އިވުމުން ލުއި ގޮތަކުން ރޯދަވީއްލައި މަޣްރިބްނަމާދުކުރެވޭނެ ގޮތަށެވެ. ކާންވާނީ މަޣްރިބް ނަމާދުކުރުމަށްފަހުގައެވެ.

މިބުނި ގޮތަށް ނޫން އުޞޫލުތަކަށް އިންތިޒާމުކޮށްގެން ބާއްވާ ރޯދަވީއްލުންތަކުގައި ބައިވެރިވާ މީހުންގެ 95 އިންސައްތަ މަޣްރިބް ނަމާދު ކުރާކަމަކަށް ނުބެލެވެއެވެ. ވީމާ އެކުރެވުނު ކަމަކީ މުޅި ދުވަހު ބުރަ އުފުލައިގެން ހިފި ރޯދަ އެންމެފަހު ވަގުތު ނަގައި އެއްލައިލެވުނީއެވެ.

ރަހްމަތްތެރިންނަށް އަދި ޢާލާގެ މީޙުންނަށް ރެސްޓޯރަންޓަކުން ރޯދަވީއްލުންދޭނަމަ މިކަންކަމަށް ވަރަށް ބޮޑަށް ސދަމާލުކަންދޭންވާނެއެވެ. ހިފިރޯދަ އެންމެ ފުރިގޮތުގައި ނންމުމާއިމެދު ވިސްނަންވާނެއެވެ.

މިކަމުން ކުރިމަތިވާ މައްސަލަތަކަށާއި ނަމާދުނުކުރެވުމުން ލިބޭނެ ބޮޑު ގެއްލުމަށްބަލައި އަހުރެން ދެކޭ ގޮތުގައި ބަންގި ގޮވުމުން މަޣްރިބް ނަމާދު ނުކޮށް ކެއުން ބާއްވާ ގޮތަށް ރޯދަވީއްލުން ބޭއްވުން ހުއްދައެއްވެސް ނުވާނެއެވެ. ސަބަބަކީ ރަނގަޅު ގޮތުގައި ރޯދަ ފުރިހަމަނުކުރެވޭނެތީއެވެ! ބުރަ މަސައްކަތުން ހިފިރޯދައިގެ ކަރާމާތް އެންމެފަހުވަގުތު ނަގައިލެވޭތީއެވެ!

ލޮބުވެތި އަޚޫންނާއި އުޚުތުންނޭވެ! މިކަންކަމަށް ސަމލުކަން އިތުރުކުރާށެވެ! ރޯދަވީއްލުން ދޭ މީހާވެސް ވިސްނާށެވެ! ހެޔޮނިޔަތެއްގައި ކުރަން ތިއައުޅޭ ކަންތަކުގެ ސަބަބުން އެތައް ބައެއްގެ ނަމާދަށް ގެއްލުންދިން ކަމުގެ ޒިންމާ އުފުލަންޖެހިދާނެކަމާއިމެދު ބިރުވެތިވާށެވެ! ހަމައެފަދައިން ދައުވަތުޤަބޫލުކުރާ މީހުން ވެސް މީހަކު ދައުވަތެއް ދިން ނަމަވެސް ޤަބޫލުކުރަންވާނީ ރޯދަ ވީހައި ފުރިހަމަކުރެވޭނެ ގޮތްތަކަށް ވިސްނައިގެންނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން