ދުވަހުގެ ހެޔޮބަސް: މިއީ ފުދިގެންވާ އަޅެއްގެ ގޮތުގަ ނިދަން ތަމްރީނުހޯދަންވީ ވަޤުތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދުވަހުގެ ހެޔޮބަސް: މިއީ ފުދިގެންވާ އަޅެއްގެ ގޮތުގަ ނިދަން ތަމްރީނުހޯދަންވީ ވަޤުތު-

ނިދުމުގެކުރިން ބަޤަރާ ސޫރަތުގެ އެންމެ ފަހު 2 އާޔަތްކިޔަވައިފި މީހަކަށް ފުދިއްޖެކަމަށް އޮންނަ ޙަދީޘް ބަސްފުޅާއިމެދު ވިސްނައި ޢަމަލުކުރަނީ ވަރަށް މަދުމީހެކެވެ. ގިނަ ބައަކު ނިދަން އޮށޯންނަނީ ވަރަށް ދަންވަރުގެ ވަޤުތުތަކުގައެވެ. ވަރަށް ބޮޑު ވަރުބަލިކަމެއްގައި ހުރެއެވެ. އެހެންވެ އެންމެ ކުޑަމިނުން ވުޟޫކޮށްލާނެ ހިތްވަރުވެސް ނުހުރެއެވެ. 

ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަތައް ހިފަމުން އަންނައިރު މިއީ ހަމަ ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ. ވަރަށް ކުޑަކުޑަ ޢަމަލަކުން އެހައި ބޮޑު ނިޢްމަތެއް ލިބެން އޮތްއިރު އެކަމަށް ޣާފިލުވެވި ކަންނެތްވެވިފައި ތިބި މީހުންނަށް ބުނެލަން އޮތީ މިރަމަޟާން މަހުގެ ތެރެއިން ތިމާ އިޞްލާޙްކުރާނެ ކަންކަމުގެ ތެރޭގައި ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތްކިޔަވައިގެން ނިދަން އާދަކުރާށެވެ!  

އެކަމަށް އާދަވެފައިނުވާނަމަ އަވަހަށް އެކަމަށް މަސައްކަތް ފަށަމާ ހިނގާށެވެ! ފުދިގެންވާ އަޅެއްގެ ގޮތުގައި ނިދެން އޮއްވައި އެނޫން ގޮތަކަށް ނިދަން ހެޔޮވެދާނެ ހެއްޔެވެ؟ ނުހަނު ކުޑަކުޑަ ޢަމަލެއް ކޮށްލުމުން ﷲ ތަޢާލާ އަހުރެމެންނަށް ދެއްވާނެ މިފަދަ ބޮޑެތި ނިޢްމަތްތައްމަތިން އަބަދުވެސް ހަނދާންކުރަންވާނެއެވެ. ނިޢްމަތް އިތުރުކޮށް ދެއްވަވާނީ ނިޢްމަތް ހޯދަން މަސައްކަތްކުރާ އަޅުންނަށެވެ. 

- އަލަފް

 

މިއަދު އޮންލައިން