އަދި ރޭގަނޑުގައި އެކަލާނގެއަށް ތަސްބީޙް ވިދާޅުވެ، ނަމާދު ކުރައްވާށެވެ! އަދި ނަމާދުތަކުގެ ފަހުގައި، ތަސްބީޙް ވިދާޅުވާށެވެ!
(ޤާފް: 40)
އަދި ރޭގަނޑުން ބައެއްގައްޔާއި، ތަރިތައް އޮއްސޭހިނދު، ކަލޭގެފާނު އެކަލާނގެއަށް ތަސްބީޙް ވިދާޅުވާށެވެ!
(އައްޠޫރް: 49)
އަދި ރޭގަނޑުން ބައެއްގައި، އެކަލާނގެއަށް ކަލޭގެފާނު ސަޖިދަކުރައްވާށެވެ! އަދި ރޭގަނޑުގެ ދިގު ވަގުތުތަކުގައި، ކަލޭގެފާނު އެކަލާނގެއަށް ތަސްބީޙް ވިދާޅުވާށެވެ!
(އަލްއިންސާން: 26)
- ޝައިޚް ޢަލީ ޒައިދު