ރަމަޟާން މަހަށް ޚާއްޞަކޮށްގެން އުފަންވެލި ޝޮޕްތަކުން ކުރިއަށް ގެންދާ ޕްރަމޯޝަންގެ ތެރެއިން ކުކުޅުގެ ބައެއް ބާވަތްތަކާއި ކުކިންގ އޮއިލް އަގުހެޔޮކޮށްފިއެވެ.

މި އައިޓަމްތައް މި ޚާއްޞަ އަގުތަކުގައި ވިއްކާނީ މާދަމާ (6 އޭޕްރިލް) އިން ފެށިގެން ކުރިއަށް އޮތް 3 ދުވަހަށެވެ.
މި އޮފަރގައި 900 ގްރާމްގެ ޗިކަން ޑްރަމްސްޓިކް ޕެކެޓެއް 72 ރުފިޔާއަށް ވިއްކާނެއިރު 12 ޕެކެޓުގެ ކޭހެއް ވިއްކާނީ 820 ރުފިޔާއަށެވެ.
1 ކިލޯގެ ޗިކަން ބަފަލޯ ވިންގްސް ޕެކެޓެއް 95 ރުފިޔާއަށް ވިއްކާނެއިރު 10 ޕެކެޓުގެ ކޭހެއް ވިއްކާނީ 875 ރުފިޔާއަށެވެ.
480 ގްރާމްގެ ޗިކަން ކުރޫއްޓެ ޕެކެޓެއް 28 ރުފިޔާއަށް ވިއްކާނެއިރު 20 ޕެކެޓުގެ ކޭހެއް ވިއްކާނީ 540 ރުފިޔާއަށެވެ.
700 ގްރާމްގެ ޗިކަން ޕޮޕްކޯން ޕެކެޓެއް 55 ރުފިޔާއަށް ވިއްކާނެއިރު 12 ޕެކެޓުގެ ކޭހެއް ވިއްކާނީ 600 ރުފިޔާއަށެވެ.
18 ލިޓަރުގެ ކުކިންގ އޮއިލް ހަމެއް ވިއްކާނީ 350 ރުފިޔާއަށެވެ.