ތުނބުޅިއަށް މާފްކޮށް، މަތިމަސް ކުރުކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ އަމުރު ކުރައްވާފައެވެ. އެހެންކަމުން ތުނބުޅި ބެހެއްޓުމަށް އިންކާރު ކުރުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅަކަށް އިންކާރު ކުރުމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަމުރުފުޅަކަށް އިންކާރު ކުރުމަކީ ދީނުންބޭރުވެދާފަދަ ނުރައްކާތެރި ކަމެކެވެ. އެހެންކަމުން މިފަދަ ނުރައްކާތެރި ކަންތަކުން ދުރުހެލިވެ ރައްކާތެރިވާންވާނެއެވެ.
ތުނބުޅި ދިގު ކުރުމުން ނުބައިވަސް ދުވާކަމަށް ތިޔަބުނާ ވާހަކައަކީ ޙަގީގަތެއް ނޫނެވެ. ސަބަބަކީ ތުނބުޅި ދިގުކުރުމަކުން ނުބައިވަސް ދުވުން ލާޒިމެއް ނޫނެވެ. ރީތިކޮށް ސާފުކޮށް ބެލެހެއްޓޭނެއެވެ. އަތަރުލާ މީރުވަސް ދުއްވޭނެއެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ތުނބުޅި ބޭލުމަކީ ފިރިހެން ކަމުގެ ބާރު ދަށް ކުރާ ކަމެކެވެ. والله أعلم.
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ ތިރީގައިވާ ސުވާލުގެ ޖަވާބުގައެވެ.
އަދި ތަސްބީޙަނަމާދު އައިސްފައި ވަނީ ޞައްޙަ ސަނަދަކުން؟ އަދި އެނަމދު ގިނަގިނައިންކުރުން ރަނގަޅުވާނެތޯ ބައެއް މީހުންކުރާ ސުވާލުގެ ޖަވާބުގައި ޝައިޚް ވިދާޅުވެފައިވަނީ"
އެއްވެސް ޞައްޙަ ސަނަދަކުން ތަސްބީޙަ ނަމާދު އައިސްފައެއް ނެތެވެ." މިފަދައިންނެވެ.
އަޅުގަނޑުގެފިރިމީހާ މިހާރު އަލަށް ތުބުޅި ދިގު ކުރަނީއެވެ. އެނަ ކުރީގައި ދަނީހަމައެކަނި ހުކުރަށް ނަމަވެސް އަޅުގަނޑުމެންގެ ކައިވެންޏަށް ފަހު އޭނާއެއްކޮށް ބަދަލުވެ މިހާރު ފަސް ވަގުތު ނަމާދު ކުރެއެވެ. އަދި ދަމުނަމާދަށްވެސް ތެދުވެއެވެ. އަޅުގަނޑު ނަމާދު ނުކޮށް ކައްކާ ކާންހަދަން އުޅުނަސް އޭނާ ކެއުމަށްވެސް އިންކާރު ކުރެއެވެ. ދީނީ ދަރުސްތަކާ އެއްޗެހި ވެސްވަރަށް އަޑުއަހާއެވެ. އަޅުގަނޑު ތުބުޅި ބޭލުމަށް އެދުމުން އޭނާ ތުބުޅިބޭލުމަކީ ދީނުގައި ރަނގަޅު ކަމެއް ނޫން ކަމަށް ވިސްނައިދިނެވެ . އަޅުގަނޑުވެސް އެވާހަކަތައްވެސް ޤަބޫލް ކުރަމެވެ ނަމަވެސް އަޅުގަނޑުގެ ފިރިމީހާގެ ތުބުޅި ބަހައްޓާކަށް ބޭނުމެއް ނޫނެވެ. ތުބުޅި ހުންނަތީއަޅުގަނޑު އޭނާއާ އެހާގާތްގޯޅި ވާހިތެއް ނުވެއެވެ. މިގޮތަށް ތުބުޅިބަހައްޓާއިގެން ސާފުތާހިރު ނުވާނެކަމަށްޤަބޫލުކުރެއެވެ. ނުބައި ވަސްދޮވާކަމަށް ފާހަގަ ކުރެވެއެވެ . އަޅުގަނޑުގެ ފިރިމީހާއަށް މިއައި އިސްލާޙީ ބަދަލު އަނބުރާލާކަށް ބޭނުމެއް ނޫނެވެ. އެކަމަކު މިހާރު ިތުބުޅިއަކާ ހެދިދުވަހެއް ދުވަހަކަށް ދެމީހުންގެ ގުޅުން ކުޑަވާކަން އަޅުގނޑަށް އެގެއެވެ. ދެން މިކަމުގައި އޮތް އެންމެ ރަނޣަޅު ގޮތަކީ ކޮބާ؟