ސުވަރުގެ އެދޭމީހާ އަޅުކަންކުރުންމަތީގަ ދެމިހުންނާށެވެ!: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ސުވަރުގެ އެދޭމީހާ އަޅުކަންކުރުންމަތީގަ ދެމިހުންނާށެވެ!: ޑރ. ޢަލީ ޒާހިރު

"ސުންނަތް ރޯދަހިފުމާއި ކަށުނަމާދުގައި ބައިވެރިވުމާއި މިސްކީނުންނަށް ކާންދިނުމާއި ބަލިމީހުންނަށް ޒިޔާރަތްކުރުމާއި" މިކަންކަން އެދުވަހު ކުރެއްވީ ކޮން ޞަހާބީއެއްތޯ ރަސޫލް ސުވާލުކުރެއްވެވުމުން އަބޫބަކުރުގެފާނު ވިދާޅުވީ އެކަލޭގެފާނު އެދުވަހު އެހުރިހާ ކަންކަންވެސް ކުރެއްވެވިކަމަށެވެ. ދެން ރަސޫލް ޙަދީޘްފުޅު ކުރެއްވެވީ މިސިފަތައް އެމީހެއްގެ ކިބައިގައި ހުރިނަމަ (އެކަންކަން ކުރާނަމަ) އެމީހަކު ސުވަރުގެވަންނާނެ ކަމަށެވެ. 

ރަމަޟާން މަސް ނިމުނު ނަމަވެސް ރޯދަހިފުން ސުންނަތް ވެގެންވާ ދުވަސްތައް ބައިވަރެވެ. އާޝޫރާ ދުވަސް، ޢަރަފާތު ދުވަސް ހޯމަ ބުރާސްފަތި، ހަނދުމަހުގެ 13،14،15 3 ދުވަސްތަކުގައި ރޯދަހިފުންމަތީގައި ދެމިހުންނާށެވެ.  ޝައްވާލް މަހުގެ 6 ރޯދަހިފުމަކީ މުޅި އަހަރުދުވަހު ރޮދަހިފުން ފަދަ ކަމެކެވެ. 

އަދި ވީވަރަކުން އަބަދުވެސް ޞަދަޤާތްކުރަމުން ގެންދާށެވެ. ހުކުރު ދުވަހު ޞަދަޤާތްކުރުމުގެ އިތުރުކަން ޢިލްމްވެރިން ފާހަގަކުރައްވައެވެ. ވީމާ ވީވަރަކުން އާއިލާގެ މީހުންނަށް ކަމަށްވިޔަސް، މައިންބަފައިނަށް ކަމަށްވިޔަސް، ނިކަމެތިންނަށްވެސް ކޮންމެވެސް މިންވަރަކުން ޞަދަޤާތްކުރުންމަތީގައި ދެމިތިބޭށެވެ. 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

މިއަދު އޮންލައިން