ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަހިފާމީހާ ނަމާދުތަކުގެ ތަރުތީބް އޮޅުވައިނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދަހިފާމީހާ ނަމާދުތަކުގެ ތަރުތީބް އޮޅުވައިނުލާށެވެ!

ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަޤުތުގައި ކުރުމަކީ ކޮންމެ ދުވަހަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތަކެވެ. ޚާއްޞަކޮށް ރޯދަހިފާއިރު ވަކިންބޮޑަށް ސަމާލުކަންދޭންވާނެއެވެ. ވަކިންބޮޑަށް ސަމާލުކަން ދިނުމަކީ ކޮންމެ ނަމާދެއްވެސް ނަމާޢަތުގައި ކުރަން މަސައްކަތްކުރުމެވެ. 

"ކޮންމެ ނަމާދެއްވެސް ކުރަންވާނީ އެނަމާދަކަށް ކަނޑައެޅިފައިވާ ވަގުތުގައެވެ. ޢުޛުރަކާ ނުލާ ނަމާދު ވަގުތަށްވުރެ ފަސްކުރުމަކީ ހުއްދަކަމެއް ނޫނެވެ. ނަމާދު ވަގުތަށްވުރެ ލަސްކުރުމުގެ ވަނީ ދެ ޢުޛުރެކެވެ. އެއީ ނިދުމާއި ހަނދާން ނެތުމެވެ. އެހެންކަމުން މިފަދަ ޢުޛުރެއް މެދުވެރިވެގެން މެންދުރުނަމާދު ވަގުތުގައި ނުކުރެވިއްޖެމީހާ ޢަޞްރުނަމާދު ކުރުމުގެ ކުރިން މެންދުރުނަމާދު ގަޟާ ކުރަން ޖެހޭނެއެވެ. 

އެންމެ މޮޅުގޮތަކީ ނަމާދުވަގުތު ޖެހުމުގެ ކުރިން މަސައްކަތް ހުއްޓާފައި ރީތިވެގެން ނަމާދަށް ދިޔުމެވެ. والله أعلم." 

އަދި ކީޜިތި ޤުރްއާން ކިޔެވުމާއިމެދު ދަންނާށެވެ! 

" މުޞްޙަފް ބަލައިގެން ކިޔެވިނަމަވެސް، ނުބަލާ ކިޔެވިނަމަވެސް، މީހެއްގެ އަޑުދަށުން ކިޔެވިނަމަވެސް ގުރްއާން ކިޔެވުމުން ލިބޭ ފުރިހަމަ ޘާވާބައި ދަރުމަ -އިންޝާ ﷲ- ލިބޭނެއެވެ. والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން