ކޮންމެ ރެއަކު ރޭއަޅުކަންކުރުމަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށް ދެއްވަވާ ޝަރަފެއް: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ކޮންމެ ރެއަކު ރޭއަޅުކަންކުރުމަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށް ދެއްވަވާ ޝަރަފެއް: ޑރ. ޢަލީ ޒާހިރު

ކޮންމެރެއަކު ނިދީން ހޭލައި ﷲ ތަޢާލާއަށްޓަކައި ރުކޫޢުކޮށް ސަޖިދަކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ދެއްވަވާނެ ޝަރަފެއް ނޫނެވެ. އެއީ އެކަލާނގެ ވަރަށް ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުންނަށް ދެއްވަވާ ޝަރަފެކެވެ.

ހަމަ އެފަދައިން ކީރިތި ޤުރްއާން ކިޔެވުމަކީވެސް ވަރަށް މަތިވެރި ޝަރަފެކެވެ. އެޝަރަފް ދެއްވަވާނީ ޤުރްއާން ކިޔެވުމަށް ވަރަށް ބޮޑަށް ނިޔަތް އޮންނަ އަޅުންނަށެވެ. ޤުރްއާން ކިޔެވުމަށް ލޯބިކުރާ އަޅުންނަށެވެ. 

ވީމާ މީސްތަކުން ނިދާފައިތިބޭވަޤުތު ނިދީން ހޭލައި ނަމާދުކުރުމާއި ޤިރްއާން ކިޔެވުމަކީ ޝަރަފެއްގެ ގޮތުގައި ބައްލަވާށެވެ! ހަމައެފަދައިން ނިކަމެތިންނަށް ޞަދަޤާތްކުރުމަކީވެސް ވަރަށް މަތިވެރި ޝަރަފެކެވެ. 

ރަމަޟާން މަހަށްފަހުގައިވެސް ކީރިތި ޤުރްއާނާއި އެހައިދުރުވަން ހެޔޮނުވާނެއެވެ. އަންނަ އަހަރު އެފޮތް ހުޅުވާ މީހަކަށްވެގެންނުވާނެއެވެ. ކޮންމެދުވަހަކުވެސް ޤުރްއާނުން ކޮންމެވެސް މިންވަރެއް ކިޔަވާށެވެ. އެންމެ މަދުވެގެން އެންމެ ގަނޑެއްނަމަވެސް އެއްލޭތޯ ބަލާށެވެ! 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން